04 ޖެނުއަރީ 2024
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ކެބިނެޓުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އާބަންކޯއިން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށެވެ.
އެ ނިންމުމާ އެއްގޮތަށް މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.
ކެބިނެޓުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ އޮފީސްތަކާއި ހިފާ ގެންގުޅޭ ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ވެސް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.
މުނިސިޕަލް ހިދުމަތްތައް ދިނުމަށް މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހަށް މުސާރަތައް ބަދަލެއް ގެނައުމަކާ ނުލައި ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ފޯރުކޮށްދެމުން އަންނަ ރަށްވެހިކަމުގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި. (1/2) pic.twitter.com/olTyvpU7YU
— Ministry of Finance (@MoFmv) January 4, 2024
ހުޅުމާލެ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ.
ހުޅުމާލެ އިހުތިސާސްގެ މައްސަލާގައި ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި އެ ކައުންސިލަރުންނަކީ ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެތަން ބަލަހައްޓާ ތަނަކަށް ވާން ޖެހޭނީ ކައުންސިލް ކަމަށެވެ.
ނަމަވެސް އާބަންކޯއިން ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއް ކަމަށާއި 100 ޕަސެންޓް ސަރުކާރު ހިއްސާވާ އެ ކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.
އެ މައްސަލަ ބޮޑުވެ 2021 ވަނަ އަހަރު ޕީޕީއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި އެވެ. ނަމަވެސް އާބަންކޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަން ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތުގަ އެވެ.
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
އިންޑިއާގެ އެހީގައި އިތުރު 4،000 ފްލެޓް އަޅަނީ
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން
ބުޅާ ފެސިލިޓީއަށް ބައެއް ސާމާނު ހޯދަނީ
ހުޅުމާލެ 3 އިން ޖެނުއަރީގެ ނިޔަލަށް ގޯތި ދެނީ
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް