މާޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް، އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
03 ޖެނުއަރީ 2024
މާޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް، އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މި މަހު އެ މުއައްސަސާގެ މުސާރަ ބޮޑު ނުވާނެ ކަން އަންގާފައިވާ ކަމަށް ބުނާ ހަބަރަކަށް ރައްދު ދެއްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައިގެ އޮނިގަނޑު ފޮނުވައިފަ އެވެ. އަދި ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން އެ ދެ މުއައްސަސާގެ މުސާރަ ބޮޑު ވާނެ އެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން "މިހާރު" ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު ޑރ. އަބްދުﷲ ޝަފީގް ވެސް ވަނީ ފުރަތަމަ ކުއާޓާ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަނީ
ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަނީ
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ކުށުގެ ވެށީގައި އުޅެނީ ޒުވާނުންގެ ދެ ޕަސެންޓު: ޝިފާން
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
"އެއްވެސް އިނާޔަތެއް ކަނޑާލުމުގެ ވިސްނުމެއް ނެތް"
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ކޮމިޝަނަރުގެ އޮފީހުން ޝިފާން އެހެން ޑިޕާޓްމަންޓަކަށް
ކުށުގެ މައްސަލަތައް ރިޕޯޓުކުރާ ވަރު މަދުވެއްޖެ
ސްކޭމްގައި ގެއްލުނު 13 މިލިއަނުން ދެމިލިއަން ހޯދައިފި