Roadha Mihaaru
ކުށުގެ ވެށީގައި އުޅެނީ ޒުވާނުންގެ ދެ ޕަސެންޓު: ޝިފާން

ކުށުގެ ވެށީގައި އުޅެނީ ޒުވާނުންގެ ދެ ޕަސެންޓު، މި އަދަދު ދަށްކުރެވޭނެ: ޝިފާން

15 ނޮވެމްބަރ 2024

ކުށުގެ ވެށީގައި ރާއްޖޭގައި އުޅެނީ ޒުވާނުންގެ އެންމެ ދެ ޕަސެންޓް ކަމަށާއި މި ދަށް އަދަދު އަދިވެސް އިތުރަށް މަދުކުރެވޭނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުށުގެ ވެށީގައި ރާއްޖޭގައި އުޅެނީ ޒުވާނުންގެ އެންމެ ދެ ޕަސެންޓް ކަމަށާއި މި ދަށް އަދަދު އަދިވެސް އިތުރަށް މަދުކުރެވޭނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޝިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުންގެ ތެރޭގައި ގިނައީ ގާނޫނުތަކަށް ތަބާވާ އުފެއްދުންތެރި މީހުން ކަމަށެވެ.

ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދު މީހުންގެ ތެރެއިން ކުށުގެ ވެށީގައި އުޅެނީ އެންމެ ދެ ޕަސެންޓްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޒުވާނުން ކަންކަމުގައި ބައިވެރިކުރުވަން ވިސްނައިގެން ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށްފި ނަމަ ކުށުގެ ވެށިން އަދިވެސް ޒުވާނުން މަދުކުރެވޭނެ ކަމަށެވެ.

"... ޕްރޮއެކްޓިވް، ޕާޓިސިޕޭޓިވް އެޕްރޯޗަކާ އެކު، މިހާރުވެސް ދަށް މި އަދަދު މިއަށްވުރެ ވެސް ކުޑަކުރެވިދާނެ އެވެ. އެންގޭޖްމަންޓާއި ކުރިއެރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު ޒުވާނުންނަށް ދިނުމަކީ އުޖާލާ، އަމާން މުސްތަގްބަލަކަށް ކުރެވޭނެ ކަމެކެވެ."

ކުށުގެ ތުހުމަތުގައި ފުލުހުން ހާމަކުރާ މީސްމީހުންގެ މައުލޫމާތަށް ބަލާއިރު ވެސް ވަރަށް ޒުވާނުން ހިމެނެ އެވެ. އަދި ވަރަށް ގިނަ މީހުންނަކީ ތަކުރާރުކޮށް ކުށްކުރާ މީހުންނެވެ.