ޓޯކިއޯ (ޖެނުއަރީ 2) - އިނގިރޭސި ޕްރިމއިާ ލީގުގައި ބްރައިޓަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރައިޓަންގެ ޖަޕާން މިޑްފީލްޑަރު ކައޯރޫ މިޓޯމާ އަނިޔާގައި ހުއްޓައި، މިމަހު ބާއްވާ އޭޝިއަން ކަޕްގައި ވާދަކުރާ ޖަޕާންގެ ސްކޮޑުގައި ހިމަނައިފި އެވެ.
ޓޯކިއޯ (ޖެނުއަރީ 2) - އިނގިރޭސި ޕްރިމއިާ ލީގުގައި ބްރައިޓަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރައިޓަންގެ ޖަޕާން މިޑްފީލްޑަރު ކައޯރޫ މިޓޯމާ އަނިޔާގައި ހުއްޓައި، މިމަހު ބާއްވާ އޭޝިއަން ކަޕްގައި ވާދަކުރާ ޖަޕާންގެ ސްކޮޑުގައި ހިމަނައިފި އެވެ.
މިޓޯމާ އަށް އަނިޔާވީ ޑިސެމްބަރު މަސް ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގަ އެވެ.
އުމުރުން 26 އަހަރުގެ މިޓޯމާ ވަނީ މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ސީޒަންގައި ވެސް ބްރައިޓަން އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަންގައި ބްރައިޓަން އަށް ކުޅެން ފެށި މިޓޯމާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 50 މެޗުން 10 ގޯލު ޖަހައިފަ އެވެ.
ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑިޒާބީ ވަނީ މިޓޯމާ ހަ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭކަމަށް ބުނެފަ އެވެ. ނަމަވެސް އިއްޔެ ޖަޕާނުން މުބާރާތަށް ފައިނަލް ކުރި ސްކޮޑުގައި މިޓޯމާ ވަނީ ހިމަނައިފަ އެވެ.
އޭޝިއަން ކަޕް ކުރިއަށް ދާނީ މިމަހުގެ 12 އިން ފެބްރުއަރީ މަހުގެ 10 އަކާ ހަމައަށް، ގަތަރުގަ އެވެ.
މިޓޯމާ އަށް އަނިޔާވެގެން ދަނޑުން ބާލަނީ.--
"ވަރަށް ސަޕްރައިޒް ވެފަ މިހުރީ، މެޑިކަލް ސްޓާފުން މިޓޯމާ އޭނާގެ އަނިޔާއިން ރަނގަޅުވާން ހަ މަސް ބޭނުންވާކަން ބުނެފަ އޮތީމަ. އޭޝިއަން ކަޕްގައި އޭނާ ކުޅޭނެކަން ބުނަން އަހަރެންނަށް އުނދަގޫ،" މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ބްރައިޓަން ކުޅޭ މެޗުގެ ކުރިން ޑީޒާބީ ބުންޏެވެ.
"އަހަރެންނަކީ މިޓޯމާގެ ފޭން އެއް، އަދި ޓީމު ހުރިހާ ކުޅުންތެރިންގެ ވެސް. އެކުދިން ގައުމީ ޓީމުތަކަށް ކުޅެން ލިބޭ ފުރުސަތުތަކުން އަހަރެން ވަރަށް ފަހުރުވެރިވޭ ހަގީގަތުގަ."
މިޓޯމާ ވަނީ މިހާތަނަށް ޖަޕާން ގައުމީ ޓީމަށް ކުޅުނު 18 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.
އޭޝިއަން ކަޕްގައި ޖަޕާނު ފުރަތަމަ މެޗު އޮތީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެޓީމުގެ ހެޑް ކޯޗު ހަޖިމޭ މޮރިޔާސޫ އަށް ވެސް ވަނީ ޖަޕާނުގެ ފުރަތަމަ މެޗުގައި މިޓޯމާ ފެނިދާނެ ކަމުގެ ޔަގީންކަން ނުދެވިފަ އެވެ. ނަމަވެސް މުބާރާތުގެ ކުރީކޮޅު ޓީމަށް މިޓޯމާގެ ބޭނުން ހިފިދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
"އަހަރެންނަކަށް ނޭނގޭ ފުރަތަމަ މެޗުގަ އޭނާ [މިޓޯމާ] އެރުވޭނެ ކަމެއް. އެކަމު އޭނާ އަންނަނީ ވަރަށް ރަނގަޅަށް ރިކަވާ ވަމުން، އެހެންވެ އުންމީދު ކުރަނީ މުބާރާތުގެ ކުރީކޮޅު އޭނާގެ ބޭނުން ކުރެވޭނެ ކަމަށް،" މޮރިޔާސޫ ބުންޏެވެ.
އޭޝިއަން ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ޖަޕާނެވެ. ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަޕާން ހިމެނެނީ ވިއެޓްނާމާއި އިންޑޮނޭޝިއާ އަދި އިރާގާ އެއް ގުރޫޕެއްގަ އެވެ.
އެސްޓަން ވިލާ މޮޅުވެ، ޗެލްސީ އަށް ޕްރެޝަރު
ނިއުކާސަލްގެ ކޯޗު ނިއުމޯނިއާ އަށް ފަރުވާ ހޯދަނީ
ވެން ޑައިކް ލިވަޕޫލް މޮޅުކޮށްދީފި
އޮނާނާ ނުލައި ވެސް ޔުނައިޓެޑަކަށް ނުވި
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ޑިބްރޭނާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ޖާގައެއް
"ފޮޑެންގެ މަންމައަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭ"
ލިވަޕޫލުން ހެދި ގޯސްތަކާ މެދު ސްލޮޓް ހިތްހަމަނުޖެހިފައި
"15 ފަހަރު ބަލައިފިން، އެއީ ޕެނަލްޓީއެއް ނޫން"
ހުތުރުކޮށް ވެސް މުހިއްމީ މޮޅުވުން: މަރެސްކާ