އެފްއޭއެމްގެ އިންތިހާބުތައް ބާއްވަން، އެކުލަވާލަން ޖެހޭ އިލެކްޓޯރަލް ކޮމިޓީގެ ނަންތައް، އެ އެސޯސިއޭޝަނުން ސިއްރު ކޮށްފި އެވެ.
އެފްއޭއެމްގެ އިންތިހާބުތައް ބާއްވަން، އެކުލަވާލަން ޖެހޭ އިލެކްޓޯރަލް ކޮމިޓީގެ ނަންތައް، އެ އެސޯސިއޭޝަނުން ސިއްރު ކޮށްފި އެވެ.
އެފްއޭއެމް، އަކީ ހާމަ ކުރަން ޖެހޭ ކަންކަން ސިއްރު ކުރުމުގެ ސަގާފަތެއް އޮންނަ އެސޯސިއޭޝަނެކެވެ، އެ އެސޯސިއޭޝަނަށް ހަމަޖައްސާ ކޯޗުންނާއި ޓެކްނިކަލް ޑައިރެކްޓަރުންގެ މުސާރަ ވެސް ހާމަ ކުރަން ދެކޮޅު ހަދަ އެވެ. އަދި އެ އެސޯސިއޭޝަންގެ ކޮންގްރެސްގެ ޖަލްސާތައް ވެސް މީގެ ކުރިން ސިއްރުކޮށްފައި ވެއެވެ.
އިލެކްޓޯރަލް ކޮމިޓީގައި ތިން މެންބަރަކު ހިމެނޭކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެ ބޭފުޅުންގެ މައުލޫމާތު ހޯދަން، އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ނަންތައް ހާމަ ކުރެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، މި ވަގުތު ހާލަތުގެ ގޮތުން އެ ނަންތައް އާންމު ކުރުން އެހާ ރައްކާތެރި ނޫން ކަމަށެވެ.
މި މަހު 31 ގައި ބާއްވަން ތާވަލު ކުރި އިންތިހާބާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވަނީ އިންތިހާބުގެ މަސައްކަތް ހުއްޓާލަން އެފްއޭއެމަށް އަންގައިފަ އެވެ.
ސްޕޯޓްސް ކޮމިޝަނާ އޮފީހުން އެންގީ ފީފާ އާއި އޭއެފްސީ އަދި އޮލިމްޕިކް ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިމެންދެން އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށެވެ. އިންތިހާބުގެ މަސައްކަތް ހުއްޓާލަން އެންގީ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ބައްސާމްގެ އެކްސްކޯ މެންބަރު މުފާބިޒު ޙާޝިމު ވެސް އިންތިހާބަށް ކުރިމަތިލައްވާފައި ވަނިކޮށެވެ.
ބައްސާމާ އެކު އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތަ؟
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ފުޓްބޯޅަ ކޮޅަށްނަގަން ރަށްތަކަށް ޓޮމް ދެނީ ޔަގީންކަން
އެފްއޭއެމް އާ އެކްސްކޯގެ މުސާރަ ވެސް އާންމުކުރަން ޖެހޭ
އަތޮޅުތަކަށް އެފްއޭގައި ބަސްބުނުމުގެ ހައްގުދޭނަން: ޓޮމް
އެފްއޭ އިންތިހާބު: ހުރިހާ ކްލަބެއްގެ ތާއީދު ޓޮމް އަށް
އެފްއޭއެމް ޒޯންތައް އުފެއްދުން އިންތިހާބުވާ އެކްސްކޯއަށް
ބައްސާމަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ
އެފްއޭއެމް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން