31 ޑިސެމްބަރ 2023
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމާ އެކު އިޒްރޭލުން ބަހުގެ ހަމަލާތައް ދީފި އެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމާ އެކު އިޒްރޭލުން ބަހުގެ ހަމަލާތައް ދީފި އެވެ.
ދެކުނު އެފްރިކާއިން އިޒްރޭލުގެ މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހެޅީ ޖެނޮސައިޑް ކޮންވެންޝަނާ އިޒްރޭލުން ހިލާފުވަމުންދާ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގައި ބުނެފައިވަނީ އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުންދާ އަދި ކުރިއަށް އޮތް ތަނުގައި ހިންގާނެ ކަމަށް ބެލެވޭ އަމަލުތައް ހުރީ ޣައްޒާގައި އުޅޭ ފަލަސްތީނު ރައްޔިތުން ނެތި ހިނގައިދާނެ ފަދަ ގޮތަކަށް ކަމަށެވެ.
މައްސަލަ ހުށަހެޅުމާ އެކު އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދެކުނު އެފްރިކާގެ ހުށަހެޅުމާ އިޒްރޭލުން ދެކޮޅުހަދަނީ "މުޑުދާރު" އަމަލެއްގެ ގޮތުގައި ކަމަށެވެ.
"ދެކުނު އެފްރިކާއިން ދައްކާފައިވާ ވާހަކަތަކުގައި ހަގީގަތެއް ވެސް އަދި ގާނޫނީ ބުރަދަނެއް ވެސް ނެތް. މިއީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން ކުރާ މަސައްކަތެއް،" ތަރުޖަމާނު ބުނެފައިވެ އެވެ.
ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބޭ އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބުނާ ބުނުން ތަކުރާރުކޮށް އިޒްރޭލުން ބުނީ ދެކުނު އެފްރިކާއިން މި ކުރާ ކަމަކީ ޓެރަރިސްޓުންނަށް ވާގިވެރިވުން ކަމަށެވެ.
އިޒްރޭލުން މިފަދަ ޣައްޒާއަށް ހަމަލާ ދޭން ފެށީ ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި އިޒްރޭލުން ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކުގަ އެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 21،500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ
ހަމަލާގައި ޖިންސީ އަނިޔާކުރި ވާހަކައަކީ ދޮގެއް: ހަމާސް
ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު
ޣައްޒާގެ ހަމަލާތަަކަށް 100 ދުވަސް، ދުނިޔެ ކުޅިބަލަން
އިޒްރޭލުގެ ރަހީނެއް އިޒްރޭލާ ހެދި މަރުވިކަމަށް ބުނެފި
ފަލަސްތީނުގެ ކުރީގެ ވަޒީރަކު އަވަހާރަކޮށްލައިފި
އެމެރިކާއިން "އިމަޖެންސީގައި" އިޒްރޭލަށް ހަތިޔާރު ދެނީ
އިޒްރޭލުގެ ޓޭންކްތައް ޣައްޒާގެ މެދުތެރެއަށް
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި