27 ޑިސެމްބަރ 2023
ރަތް ކަނޑުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ބައެއް މިސައިލްތައް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެ ބުނެފި އެވެ.
ރަތް ކަނޑުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ބައެއް މިސައިލްތައް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެ ބުނެފި އެވެ.
ޕެންޓަގަންގެ ސެންޓްރަލް ކޮމާންޑުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 10 ގަޑިއިރު ތެރޭގައި 12 ޑްރޯން އާއި ތިން އެންޓި ޝިޕް ބެލިސްޓިކް މިސައިލް އަދި ދެ ލޭންޑް އެޓޭކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފައި، ފަލަސްތީނާ އެކުގައި ތިބިކަން ހާމަކޮށް ހޫތީން މީގެ ކުރިން ވެސް ވަނީ ރަތްކަނޑުގެ ސަރަހައްދުގައި ދީފައިވާ ހަމަލާތަކުގެ ޒިންމާ އުފުލައިފަ އެވެ.
ހޫތީން ނެރުނު ބަޔާނެއްގައި ބުނީ އެމްއެސްސީ ޔުނައިޓެޑް ކިޔާ ބޯޓަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށާއި، އިޒްރޭލުގެ ދެކުނަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ވެސް ދީފައިވާނެ ކަމަށެވެ. މިއީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލަން ބާރުއެޅުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށް ވެސް ބުންޏެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ ޔަމަނުގެ ހުޅަނގު އައްސޭރީގައި އޮންނަ ހުދައިދާ ބަނދަރު ކައިރީގައި ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށާއި އޭގެ ފަހުން މިސައިލްތަކެއްގެ ބައިތަކެއް ފެނިފައިވާ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ބުންޏެވެ.
އިތުރު ދެ ގޮވުމެއް ހުދައިދާގެ ކަނޑުގެ ސަރަހައްދުގައި ވެސް އިވިފައިވާ ކަމަށް އިނގިރޭސި މެރިޓައިމް އޮތޯރިޓީން ބުންޏެވެ.
މިސްރުގެ ސިނާއީ ޕެނިންސުލާގެ އައްސޭރީގައި ވެސް އަންގާރަ ދުވަހު ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ފަހުން އިޒްރޭލުން ވަނީ ރަތްކަނޑު މަތިން މިސައިލްތަކެއް ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
ޕެންޓަގަން އިން ބުނާ ގޮތުގައި ހޫތީން ވަނީ 35 އަށް ވުރެ ގިނަ ގައުމުގެ 10 މާޗެންޓް ވެސެލް އަށް އަމާޒުކޮށް 100 އަށް ވުރެ ގިނަ ޑްރޯން އަދި މިސައިލް ހަމަލާ ދީފަ އެވެ.
މި ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ވިޔަފާރީގެ މުދަލުގެ 12 ޕަސެންޓް އުފުލާ ޓްރާންސިޓް ރޫޓަށް ނުރައްކާވެފައިވާއިރު، އެމެރިކާއިން ވަނީ ރަތް ކަނޑުގެ ބޯޓުފަހަރު ހިމާޔަތްކުރުމަށް މަލްޓިނޭޝަނަލް ނޭވަލް ޓާސްކް ފޯހެއް އުފައްދައިފަ އެވެ.
ހޫތީން އިޒްރޭލަށް ވެސް ސިލްސިލާ ހަމަލާތަކެއް ދީފައިވީ ވިޔަސް ގިނަ ހަމަލާތައް ކާމިޔާބެެއް ނުވެ އެވެ.
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
ހޫތީންގެ މިސައިލެއް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށްފި
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
އިޒްރޭލާއި ޔަމަން ސުލްހަޔަށް ވިސްނަން ސައޫދީން އެދެފި
އިޒްރޭލުގެ ތެލް އަވީވަށް ހޫތީންގެ ޑްރޯން ހަމަލާއެއް
ރަތްކަނޑުގައި އިއްޔެ ވެސް ބޯޓަކަށް ހަމަލާދީފި