23 ޑިސެމްބަރ 2023
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 7:30 އިރެވެ؛ އެއީ، 18 އަހަރުގެ މުހަންމަދު ނައީޝް އާ އޭނާގެ ބައްޕަ ނަސްރުއްނައީމް އާ އެންމެ ފަހުން ދިމާވި ވަގުތެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 7:30 އިރެވެ؛ އެއީ، 18 އަހަރުގެ މުހަންމަދު ނައީޝް އާ އޭނާގެ ބައްޕަ ނަސްރުއްނައީމް އާ އެންމެ ފަހުން ދިމާވި ވަގުތެވެ.
"ގެއިން ނުކުންނަމުން އެންމެން ގާތު ވެސް މި ދަނީ ރައްޓެހިންނާ އެކު މަސްހިފާށޭ ކިޔައިފައި ނުކުމެގެން ދިޔައީ،" ނަސްރު ބުންޏެވެ.
އޭގެ ދެ ގަޑިއިރާއިބައި ފަހެވެ؛ ގާތްގަނޑަކަށް 10 ޖަހާކަން ހާއިރު މުޅި ގޭތެރެ ހިމޭންކޮށްލީ ނާއިޝް ގެއްލިގެން އުޅޭ ހަބަރާ އެކު އެވެ.
"ދެން ނޭނގެވީ ދެރައެއް."
އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ނާއިޝް އަކީ ނަސްރު ބުނާ ގޮތުން، ކިޔެވުމަށް ތޫނުފިލި އަދި ކުޅިވަރުގައި ވެސް އެހާ ކުޅަދާނަ ކުއްޖެކެވެ. އެހެންވެ، އޭނާ އަކީ، ނަސްރު ބުނާގޮތުން، މޫދުގައި އެހެން ދިމާވާ ކަމަކަށް ވެސް ހޭލުންތެރިވެފައި ހުންނާނެ ކުއްޖެކެވެ.
"އެކަމަކު އެ މީހުން މަސް ހިފަން އެރުނު އެ ސަރަހައްދަކީ ވަރަށް ގަދަ އޮޔެއް އޮންނަ ސަރަހައްދެއް،" އޭނާ ބުންޏެވެ.
ނައީޝް
އިސްކޮޅުން ދިގު، ނާއިޝްއާ އެކު ސ. ގަމުގެ ފުއްޓަރު ފަރާތަށް މޫދަށް އެރުނީ އޭނާގެ ތިން ރައްޓެހިންނެވެ. ނަސްރު ބުނި ގޮތުގައި އޭގެތެރެއިން އެއް ކުއްޖަކީ އޭނާގެ ދައްތައެއްގެ ދަރިއެކެވެ. އެ މީހުން އާންމުކޮށް ވެސް އެގޮތަށް މަސް ހިފަން ނުކުމެ އުޅެ އެވެ. އެ މީހުން ގޮސް ތިބީ ފަރުމަތީގަ އެވެ. ނަސްރު ބުނާ ގޮތުން އެ ސަރަހައްދަކީ ކަކޫތާ ފެނުގައި އޮންނަ އެކަމަކު، ވަޅުގަނޑުގަނޑު ގިނަ ސަރަހައްދެކެވެ. އެހެންވެ، އެއިން ވަޅުގަނޑަކަށް ގެނބުނަސް، ސަލާމަތްވާން ދެން ވަރަށް އުނދަގޫވާނެ އެވެ.
"އޭނާ ބުނި ހަމަ ކުއްލިއަކަށް އޮޔާ ދަމައިގަތީއޭ އެންމެން އެއްފަހަރާ. އެކަކު އަނެކަކު ސަލާމަތްކަން ހޯދަން އުޅުނު ވަގުތުކޮޅެއް އެއީ. އަޅުގަނޑު ވެސް ގަބޫލުކުރަން ސަލާމަތް ކުރަން ކިތަންމެ މަސައްކަތްކުރަން އުޅުނަސް މިހެން ވެދާނެކަން ވެސް... އެއީ ބިރުވެރި ވަގުތުކޮޅެއް އެންމެންނަށް ވެސް."
ނައީޝް މަސް ހިފަން ފޭބި ތަން: މިއީ އޮއިގަދަ ސަރަހައްދެއް
ނަސްރު ބުނި ގޮތުގައި، 9:30 ހާއިރު "ތިމަންނާ ގެނބެނީއޭ ސަލާމަތް ކުރާށޭ" ކިޔައިފައި ނާއިޝް ގޮވަމުންދިޔަ ކަމަށް އޭނާގެ ދައްތަ ދަރިފުޅު ބުންޏެވެ. އަދި ސަލާމަތް ކުރަން އަތް ވެސް ދިއްކޮށްލި އެވެ.
"އެކަމަކު ދައްތަގެ ދަރިފުޅު ބުނީ އަތާ އަތް ކިރިޔަ ކިރިޔާ ޖެހޭ ނުޖެހޭ ވަރުގައި އޮއްވައި އޮޔާ ދަމައިގެންފިއޭ. ދެން އެ މީހުން އަވަހަށް އެއްގަމަށް އަރައިފައި ޕޮލިހަށް ރިޕޯޓް ކުރީ."
"ދެން އަވަހަށް އެންމެން ނުކުމެ ހޯދަން ފެށީ. ގެއްލުނު އިރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ނާއިޝްގެ އަތުގައި އޮތް ޓޯޗު ވެސް އޮތީ ދިއްލައިފައި."
ނައީޝް ފުޓުބޯޅަ މެޗެއްގައި ކެޕްޓަން ބޭންޑް އަޅައިގެން: އޭނާ އަކީ ފުޓުބޯޅައިގައި ވިދުން ގަދަ ތަރިއެއް
ސ. މަރަދު އަށް އުފަން، އެ ރަށު ކުރެދުމާގޭ ނަސްރުގެ ތިބެނީ ދެ ކުދިންނެވެ. ނައީޝްގެ ހަގަށް ދެން ހުންނަނީ އަންހެން ކުއްޖެކެވެ.
"އަޅުގަނޑުގެ ދުއާއަކީ ދަރިފުޅު ދިރިހުއްޓާ ފެނުން. އިރާދަކުރެއްވިއްޔާ ފެންނާނެ."
އޭނާގެ އޮތީ ވެސް އެ އުންމީދެވެ. ދަރިފުޅު ގެއްލިގެން، ކަނޑާއި އެއްގަމާއި ވައިގެ މަގުން މަސައްކަތް ކުރާތާ 48 ގަޑިއިރު ވާން ކައިރިވެފައި ވާ އިރު ވެސް އެ އުންމީދު އަދި ދުލެއް ނުކުރެ އެވެ.
"ލައިގެން ހުންނަ ޓީޝާޓް ބާލައިގެން ކޮންމެވެސް އެއްޗެއް ހަދައިގެން ވެސް ސަލާމަތް ވާން ކޮންމެވެސް ކަމެއް ކުރާނެ. އަޅުގަނޑަށް އެނގިފައި އޮތީ އޭނާ ގެއްލުނު އިރު ގެންދިޔަ ކަމަށް، މި ހުންނަ ފްރިޖްތަކުގެ ބާ އެއްޗެއް. އެހެންވެ، ގައިމުވެސް އޭގެ މަތީގައި އޮވެއްޖިއްޔާ ސަލާމަތްވުމުގެ ފުރުސަތު އަދިވެސް އެބައޮތް. އަޅުގަނޑުގެ އެދުމަކީ އޭތި ބޭރުގެ ގައުމަކަށް ފެނުނަސް އަޅުގަނޑުމެންނަށް އަންގަވަލަދެއްވާށޭ،" ނަސްރު އެދުނެވެ. އަދި އޭގެ ފޮޓޯ ވެސް ދިނެވެ.
ނައީޝްމެން މަހަށް ދިޔަ އިރު ގެންދިޔަ ފޮށިގަނޑު
ގޭތެރެ އަދިވެސް އޮތީ ހިމޭންކޮށެވެ. ދިރުމެއް ނެތެވެ. ނަސްރުގެ އަންހެނުން އަދި ނައީޝްގެ މަންމަ ވެސް އޮތީ ވަރަށް ބޮޑު ހިތާމައެއްގަ އެވެ.
"އަޅުގަނޑުމެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އެއީ،" ނަސްރު ބުންޏެވެ.
ނާއިޝް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
އައްޑޫގައި އިހި ނަގަން ފޭބި ކުއްޖަކު ގެއްލިގެން ހޯދަނީ
އާރްޓީއެލް ބަސްތައް އައްޑުއަށް ގެންގޮސްފި
އައްޑޫގައި ކޮވިޑްގެ ކޭސްތަކަށް ދަށްވުމެއް
އާންމުންގެ ސުވާލު: އައްޑުއަށް ކޮވިޑް ދިޔައީ ކިހިނެއް؟
އައްޑޫ ކޮވިޑް ކޭސްތަކުގެ އަދަދު 55 އަށް
އައްޑޫން މާދަމާ 7 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
އައްޑޫގެ ކަރަންޓު ހާލަތު ނާޒުކު، ހައްލުކުރާނަން:ފެނަކަ
ޑިންގީއެއް ބަންޑުން ޖަހާލައި،ފުލުހަކު ގެއްލިގެން ހޯދަނީ
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟