19 ޑިސެމްބަރ 2023
ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތައް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މުރާޖާކުރުން pic.twitter.com/kytDyZxfxI
— People's Majlis (@mvpeoplesmajlis) December 19, 2023
މުސާރަ ބޮޑުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ހުރިހާ މަގާމުތަކަށް ވެސް މުސާރަ ބޮޑުކުރާށެވެ. މި ބަދަލުތައް ކޮމިޓީގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
- ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.
- މިނިސްޓަރުން - 72،000ރ.
- ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.
- މަޖިލީހުގެ ރައީސް - 90،000ރ.
- މަޖިލީހުގެ ނައިބު ރައީސް - 88،000ރ.
- އުއްތަމަ ފަނޑިޔާރު - 91،000ރ.
- އެމްއެމްއޭ ގަވަރުނަރު - 74،000ރ.
- އޮޑިޓާ ޖެނެރަލް - 74،000ރ.
- ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.
މީގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
- މޭޔަރު - 46،000ރ.
- ޑެޕިއުޓީ މޭޔަރު- 40،500ރ.
- ސިޓީ ކައުންސިލް މެންބަރުން 35،000ރ.
- އަތޮޅު ކައުންސިލް ރައީސް 33،000ރ.
- ރަށު ކައުންސިލް ރައީސް 25،500ރ.
- ރަށު ކައުންސިލް ނައިބުން 20،000ރ.
- ރަށު ކައުންސިލަރުން 18،000ރ.
ކޮމިޓީން މި ބަދަލު ގެނައި ނަމަވެސް ރައީސާއި ނައިބު ރައީސްގެ މުސާރައިގެ އަދަދު ވަކި ގޮތަކަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ އެކަމަށް އިސްލާހު ގެނައުމަށް ލަފާދިނުމަށް ވެސް ކޮމިޓީން ވަނީ މިއަދު ނިންމައިފަ އެވެ.
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
މުސާރަ ކަނޑައަޅަނީ މަޖިލިހަކުން ނޫން: އަމީރު
ޕޭ ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކޮމެޓީން ފާސްކޮށްފި
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
ބަދަލު ދިނުމާ ގުޅިގެން އިބޫގެ މައްސަލައެއް ބަލަނީ!
މަޓީން އެދިގެން މާލިއްޔަތު ކޮމިޓީ ސިއްރު
"އަމީނަށް ހެދި ގޮތް" ހަދަން ބުނި މައްސަލަ މަޖިލީހަށް
"ފާސްކުރީ ރައްޔިތުންގެ އަތަށް ބާރުލިބޭ އިސްލާހުތަކެއް"
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން