18 ޑިސެމްބަރ 2023
އެމްއެންޑީއެފްގެ އޮފިސަރުންތަކަކަށް މަޖުބޫރުކޮށްގެން ރިޓަޔާކުރުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
އެމްއެންޑީއެފްގެ އޮފިސަރުންތަކަކަށް މަޖުބޫރުކޮށްގެން ރިޓަޔާކުރުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އޭގެ އިތުރުން ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމާ ގުޅޭ މައްސަލައެއް ވެސް އެ ކޮމިޓީއަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން 48 ގަޑިއިރަށް ވެފައިވަނިކޮށް އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް ފަސް ބޭފުޅަކާ އެކު ގިނަ އަދަދެއްގެ ފުލުހުންނަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ. އެއީ މާކުރިން ބަޖެޓް ހަމަޖައްސައި، ގާނޫނާ އެއްގޮތަށް ނިންމާފައި އޮތް ނަމަވެސް ރިޔާސީ އިންތިހާބާ ދިމާވުމުން ހަވާލުނުކޮށް މަޑުޖައްސަލާފައި އޮތް ޕްރޮމޯޝަންތަކެއް ކަމަށް އޭރުގެ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާ ތެރޭގައި އޭސީސީން ވަނީ ޕްރޮމޯޝަންތައް މަޑުޖައްސާލަން ފުލުހުންނަށް އަންގައިފަ އެވެ. އެކަމަކު އެއީ އެއްވެސް ގާނޫނަކާ ހަވާލާނުދީ ފޮނުވި އަމުރަކަށް ވުމުން އެކަން ފުލުހުން ޕީޖީގެ ސަމާލުކަމަށް ގެނައުމުން އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ޕީޖީ ލަފާ ދެއްވީ އެވެ. އެހެންވެ އޭސީސީން ވަނީ މި ޕްރޮމޯޝަންތަކުގެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
މިހާތަނަށް 241 ކޮމިޓީގައި މި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާއެއް ނުކުރެ އެވެ. ނަމަވެސް ދެން އެންމެ އަވަހަށް ބާއްވާ ކޮމިޓީ ބައްދަލުވުމެއްގައި ދެ މައްސަލަ ކުރިޔަށް ގެންދާނެ ކަމަށް އެ ކޮމިޓީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.
މޮޓޯކޭޑް އަނބުރާލަން ޖެހުމަކީ ސެކިއުރީޓީ ފޭލްވުން!
ރައީސްގެ ސެކިއުރިޓީ ފޭލްވި މައްސަލަ ކޮމިޓީން ބަލަނީ
އިލްޔާސަށް މައުލޫމާތުދިން މީހާގެ ވާހަކަ ރިޕޯޓަކު ނެތް
މާރިޔާ ގާނޫނާ ހިލާފުވިކަން ރިޕޯޓުން އެނގޭ: އުޝާމް
ބޮން ހަރުކުރި ސައިކަލު އެއްދުވަސް ކުރިން ބެހެއްޓި
ހަމަލައިގެ އިންކުއަރީ ރިޕޯޓުން ބައެއް މައުލޫމާތު ސިއްރު
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ސޯމާލިއާ މީހުން ރާއްޖެ އައި ގޮތް ބަލަން ތަހުގީގެއް
ސޯމާލިއާ ބަޔަކު ފުވައްމުލަކު ކައިރިން ހިފަހައްޓައިފި
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ