16 ޑިސެމްބަރ 2023
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން (ގޭމް) ގެ ދެ ވަނަ ދައުރުގެ ރައީސަކަށް ރާއްޖޭގައި އެންމެ ބޮޑެތި ގެސްޓް ހައުސްތައް ހިންގާ ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އިއްޔެ އިންތިހާބުކޮށްފި އެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން (ގޭމް) ގެ ދެ ވަނަ ދައުރުގެ ރައީސަކަށް ރާއްޖޭގައި އެންމެ ބޮޑެތި ގެސްޓް ހައުސްތައް ހިންގާ ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އިއްޔެ އިންތިހާބުކޮށްފި އެވެ.
އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި ދެ ވަނަ ދައުރުގެ ތިން އަހަރުގެ ރައީސަކަށް އަބްދުﷲ އިންތިހާބުކުރީ އެ ޖަލްސާ އަށް ހާޒިރުވި 29 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓުންނެވެ.
އަބްދުﷲ ވަނީ މިދިޔަ ތިން އަހަރު ވެސް ގެސްޓް ހައުސް އެސޯސިއޭޝަނަށް މުހިންމު ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
އޭނާގެ ފަސް ގެސްޓް ހައުސް މިހާރު ކ. މާފުށީގައި ހިންގަ އެވެ. އެއީ 490 އެނދެވެ. މާފުށީގައި މިހާރު އިމާރާތް ކުރަމުން އަންނަ އަބްދުﷲ ގެ ހަ ވަނަ ގެސްޓް ހައުސްގެ އިތުރުން އއ. އުކުޅަހުގައި ހަދަމުން އަންނަ ލަގްޒަރީ ޓޫރިސްޓް ހޮޓަލާ އެކު ކާނި ހޮޓެލްސްގެ ބެޑް ކެޕޭސިޓީ 940 އަށް އަރާނެ އެވެ.
ގެސްޓް ހައުސް އެސޯސިއޭޝަންގެ އޭޖީއެމްގައި ނައިބު ރައީސަކަށް އިންތިހާބުކުރި ދެ ބޭފުޅުންނަކީ ނޫ މޫ ގެސްޓް ހައުސް ތަމްސީލުކުރައްވާ އަހުމަދު ވަހީދާއި ގުމްބަރު އިން ގެ އަބްދުއްސަމީއު އިމާދެވެ. އަދި ކޯޕަރޭޓް އެފެއާޒްގެ މަގާމަށް ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ އެޑްވައިޒަރު އަހުމަދު ނަސީރު ވެސް އިންތިހާބުކޮށްފަ އެވެ. ނަސީރަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓް ހައުސްތައް ހިންގާ މާފުއްޓަށް އެ ވިޔަފާރި ތައާރަފުކުރުމުގެ މޭސްތިރިޔާ އެވެ.
އިއްޔެ ބޭއްވި ގެސްޓް ހައުސް އެސޯސިއޭޝަނަށް އޭޖީއެމަށް ހާޒިރުވި މެމްބަރުން.
ގެސްޓް ހައުސް އެސޯސިއޭޝަންގެ އޭޖީއެމްގައި އިއްޔެ ވަނީ އިތުރު މަގާމުތަކަށް ވެސް މެމްބަރުން ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ފައިނޭންޝަލް ކޮންޓްރޯލަރާއި ޕީއާރު އެންޑް މާކެޓިން އަދި އެކްސްކޯގެ މެމްބަރުން ހިމެނެ އެވެ.
އެ ޖަމިއްޔާގެ ދެ ވަނަ ދައުރުގެ ރައީސް އަބްދުﷲ ވިދާޅުވީ، ގެސްޓް ހައުސްތައް މާކެޓް ކޮށްދިނުމަށް، އެ ތަންތަނުގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ މަޖައްލާއެއް އަންނަ އަހަރު ނެރޭނެ ކަމަށެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ފެއާތަކުގައި ބެހުމެވެ.
"އަދި އެމްއެމްޕީއާރުސީގެ މެމްބަޝިޕް މި ޑިސެމްބަރުމަހު އެސޯސިއޭޝަނަށް ނަގައި، ހުރިހާ ބޮޑެތި ފެއާތަކުގައި އެސޯސިއޭޝަންގެ ކައުންޓަރެއް ބަހައްޓަން ގަސްދުކުރާ ވާހަކަ ދަންނަވާލަން،" އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގެސްޓް ހައުސް އެސޯސިއޭޝަންގެ އޮފީހެއް އަންނަ ޖެނުއަރީ 1 އިން ފެށިގެން މާލޭގައި ހުޅުވާނެ އެވެ. އަދި ވިދާޅުވީ، އެ އެސޯސިއޭޝަންގެ ޓީމުތައް، ގެސްޓް ހައުސްތައް އެންމެ ގިނަ ރަށްރަށަށް އަންނަ އަހަރު ޒިޔާރަތްކޮށް، ކުރިއަށް ދާން ބޭނުންވާ މިސްރާބު ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ވެސް އެއްކުރާނެ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް އަހަރު ޔޫއެންޑީޕީ، ޔޫއެސް އެއިޑް، ޔޫރަޕިއަން ޔުނިއަން ފަދަ ތަންތަނާ ގާތް ގުޅުމެއް ބާއްވާ ގެސްޓް ހައުސްތަކަށް މާލީ އެހީ ހޯދުމަށް ވަނީ ނިންމާފައި،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގައި މި ވަގުތު 923 ގެސްޓް ހައުސް ހިންގަ އެވެ. އެއީ 15،122 އެނދެވެ.
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
ޓޫރިސްޓުންގެ ދެ ޕަސެންޓް ދަނީ ކާނި ހޮޓަލަށް
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
"ޓޫރިޒަމުން އާމްދަނީ ހޯދެން އޮތް މިންވަރަށް ނުހޯދޭ"
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ