ހދ. ވައިކަރަދޫގެ އެއްބަނޑުއެއްބަފާ ތިން ބެއިން، ތިން މަސް ތެރޭގައި ނިޔާވެއްޖެ އެވެ.
13 ޑިސެމްބަރ 2023
ހދ. ވައިކަރަދޫގެ އެއްބަނޑުއެއްބަފާ ތިން ބެއިން، ތިން މަސް ތެރޭގައި ނިޔާވެއްޖެ އެވެ.
އެ ތިން މީހުންނަކީ އެ ރަށުގެ ކުރީގެ ކަތީބު އަލީ މުހައްމަދުގެ ފަސް ކުދިންގެ ތެރެއިން ތިން މީހުންނެވެ. އޭގެ ތެރެއިން، ދެ މީހުން ވަނީ ކުރިން ނިޔާވެފަ އެވެ. އެ އާއިލާގައި ތިބި ހަމައެކަނި އަންހެން މީހާ އިއްޔެ ވަނީ ވަކިވެފަ އެވެ.
އެއްބަނޑު އެއްބަފާ ތިން މީހުންގެ ތެރެއިން، މިދިޔަ އޮކްޓޯބަރު 16 ގައި އެންމެ ފުރަތަމަ ނިޔާވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންގެ ބައްޕަ، ހުސެއިން އަލީ، 86، އެވެ. އެއްމަހާ ހަތަރު ދުވަސް ފަހުން، މިދިޔަ މަހުގެ 20 ވަނަ ދުވަހު، 78 އަހަރުގައި ހާމިދު އަލީ ވަނީ ނިޔާވެފަ އެވެ.
އެންމެ ފަހުން، އެ އާއިލާގައި ހަގަށް ހުރި އަމީނާ އަލީ، 77، ވަނީ އިއްޔެ ނިޔާވެފަ އެވެ.
ކަތީބުގެ އާއިލާއިން ވާހަކަދެއްކި އިހުސާން ހުސެއިން "މިހާރު" އަށް ބުނީ، އެ އާއިލާގެ އެންމެންނަކީ ވެސް ދަރިންނަށް ކިޔަވައިދިނުމަށް ގިނަ އަދި ބުރަ މަސައްކަތްކުރި ބައެއް ކަމަށެވެ. އޭގެ ހެއްކަކީ، ރަށާއި ގައުމަށް ހިދުމަތް ކުރާނެ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރެވުމެވެ.
"މިއީ، ރަނގަޅަށް ކިޔަވައިގެން ތިބި، އަހުލާގު ރަނގަޅު، މަސައްކަތްތެރި ދަރިންތަކެއް އުފެއްދި އާއިލާއެއް،" އިހުސާން ބުންޏެވެ.
ހުސެއިން އަދި ހާމިދު ދިރިއުޅުނީ، ދަރިންނާ އެކު މާލޭގަ އެވެ. އެކަމަކު، އަމީނާ މާލެ އައީ، ހުސެއިން ބަލިވެ އުޅުމުން އޭނާގެ ހާލު ދެކެލާށެވެ. ނަމަވެސް، ރަށަށް ނުދެވި އުޅެނިކޮށް ދުނިޔޭގައި ދެން ހުރި ބޭބެ ވެސް ލޯކުރިމަތީގައި ވަކިވެގެން ދިޔައީ އެވެ.
ހަމީދުގެ މޫނު ދެކުމަށް ފަހު، ގެއަށް ވަން ގޮތަށް އަމީނާ ގެންދިޔައީ ހޮސްޕިޓަލަށް ކަމަށް އާއިލާއިން ބުންޏެވެ.
"އެ ދުވަހު ސަކަރާތްވި ގޮތަށް ހޮސްޕިޓަލުގައި، އައިސީޔޫގައި އޮވެ ނިޔާވީ." އިހުސާން ބުންޏެވެ.
ވައިކަރަދޫގައި މަސް ބާނަން ދިޔަ މީހަކު މަރުވެއްޖެ
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ޖަރުމަނުގައި ދިވެހި ޒުވާނަކު ނިޔާވެއްޖެ
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
ޖަޕާނުގައި ނިޔާވި ލުޖައިނާގެ ޖަނާޒާ މިއަދު ބާއްވަނީ
ރިސޯޓުން ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދައި ވަޅުލައިފި
މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެ
ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ
އެމްޔޫ މަނިކާ މެދު އެންމެންގެ ހިތުގައި އެއް ޝުއޫރެއް