Roadha Mihaaru
ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަންކޮށްފި

ޝަހީބަށް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމް ދެއްވައިފި

13 ޑިސެމްބަރ 2023

މީޑިއާގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ޝަހީބަށް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމް ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މީޑިއާގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ޝަހީބަށް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމް ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް މިއަދު އޭނާ އައްޔަން ކުރައްވާފައިވާކަން ޝަހީބު ވަނީ "މިހާރު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޝަހީބު ނޫސްވެރިކަން ފެއްޓެވީ "ހަވީރު" ނޫހުންނެވެ. އޭގެ ފަހުން ސަން މީޑިއާގެ ސީއޯއޯގެ މަގާމު ވެސް ފުރުއްވި އެވެ. އަދި މިހާރު "އަދިވެސް" ނަމުގައި އަމިއްލަ ނޫހެއް ހިންގަވަމުން ގެންދަވަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ކަމާއި ރައީސްކަން ވެސް ކުރައްވައިފައިވާ ޝަހީބު އެ ކޮމިޝަންގައި ހުންނަވައިގެން، ރައީސް އަބްދުﷲ ޔާމީންގެ ދައުރު ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.

ޝަހީބަކީ، ނޫސްވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ނޫސްވެރިކަމުގެ ރޮނގުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އަލިމަސް ގަލަން ވެސް އޭނާ އަށް ލިބިވަޑައިގެންފައި ވެ އެވެ.