Roadha Mihaaru
ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ސިޔާސީ މަގާމެއް

ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ސިޔާސީ މަގާމެއް އުފައްދައިފި

18 ޑިސެމްބަރ 2023

ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި މި ސަރުކާރުން ސިޔާސީ އާ މަގާމެއް އުފައްދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި މި ސަރުކާރުން ސިޔާސީ އާ މަގާމެއް އުފައްދައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ، މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރަމުންނެވެ. އެ މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް އެބަހުއްޓެވެ.

ނަމަވެސް އޭގެ އިތުރަށް، މިހާރު ވަނީ ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި އާ މަގާމެއް އުފައްދައިފަ އެވެ. އޭގެ މައްޗަށް، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އުފައްދައި، އެ މަގާމަށް ސިޔާސީ ބޭފުޅުން އަންނަނީ އައްޔަންކުރަމުންނެވެ.

އެކަމަކު، އެ ދެ މަގާމަށް ކަނޑައަޅާފައިވާ މުސާރައެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އޭގެ ތަފްސީލު ހޯދަން ތަރުޖަމާނު މުހައްމަދު ޝަހީބަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުލިބުނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރަށް ވުރެ ދަށުގެ ސިޔާސީ މަގާމެއްގެ ގޮތުގައި އުފެއްދީ "ކޯޑިނޭޓަރު" ގެ މަގާމެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުގައި އެކްޓިވިސްޓުންނަށް ދިނީ އެގްޒެެކެޓިވް ޑިރެކްޓަރުގެ މަގާމެވެ.

އެގްޒެކެޓިވް ޑިރެކްޓަރަކަށް އޭރު ކަނޑައެޅީ 18،000ރ. އެވެ. އަދި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރަކަށް ދިނީ 25،000ރ. އެވެ.