Roadha Mihaaru
ޑެޕިއުޓީ އެޑްވައިޒަރަކަށް ހާމިދު ޝަފީގު އައްޔަންކޮށްފި

ހާމިދު ޝަފީގު ޑެޕިއުޓީ އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފި

14 ޑިސެމްބަރ 2023

ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް ރިޓަޔާޑް މޭޖާ ޖެނެރަލް ހާމިދު ޝަފީގު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް ރިޓަޔާޑް މޭޖާ ޖެނެރަލް ހާމިދު ޝަފީގު އައްޔަން ކުރައްވައިފި އެވެ.

އެމްއެންޑީއެފްއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ސިފައިންގެ ވަޒީފާއިން ހާމިދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް ހާމިދު އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވިއިރު، ހާމިދު ޝަފީގް ވަނީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.