މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ ހޫނުވެެފައި ވަނިކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށް، ދާއޫދު އަހްމަދު ސަސްޕެންޑްކޮށްފި އެވެ.
24 އެޕްރީލް 2025
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ ހޫނުވެެފައި ވަނިކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށް، ދާއޫދު އަހްމަދު ސަސްޕެންޑްކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ނަމަވެސް "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްކަމުގެ މަގާމުން ދާއޫދު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ އަންހެން މީހާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ އަންހެން ކުއްޖާ އާއި ރައުދު ވެސް އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގުމުގެ ކުރިން އެ ދެމީހުންގެ އަމަލުތައް ހުރި ގޮތް ވެސް ފުލުހުން ވަނީ ބަލައިފަ އެވެ. އެކަން ހިއްސާ ކުރަމުން ފުލުހުން ކުރިން ބުނެފައިވަނީ މާލޭގެ މެދެއްހާ ހިސާބުގައި ހުރި ގެއަކަށް އެ ރޭގެ 12:30 ހާއިރު 8 ޒުވާނުންގެ ގްރޫޕެއް ވަދެ އަދި އޭގެ ތެރެއިން ހަތަރު މީހަކު އެ ރޭގެ 3:40 ހާއިރު، އެ ގެއިން ނުކުމެގެން އަމީނީމަގުގައި ހުންނަ ގެއަކަށް 4:00 ހާއިރު ދިޔަ ކަމަށެވެ. އެއީ އަނިޔާވި އަންހެން ކުއްޖާ އާއި އިތުރު ތިން ފިރިހެނުންނެވެ. އެ މީހުން އެ ގެއިން ނުކުތީ 10 މިނެޓް ފަހުންނެވެ. ނަމަވެސް، އެއިން އެއްވެސް މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.
އެ ރޭ އަންހެން މީހާ ނުވަ ވަނަ ފުލޯއިން ބޭރަށް ކޮއްޕާލީ ކަމަށް އާންމުން ތުހުމަތު ކުރިޔަސް، ފުލުހުން ބުނެފައިވާ ގޮތުގައި، އަންހެން މީހާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފުލުހުންނަށް އެފަދަ ކަމެއް ފާހަގަ ވެފައެއް ނުވެ އެވެ. އެ ދެ މީހުންގެ އިތުރުން އެ ވަގުތު އެ ތަނުގައި އިތުރު މީހަކު ނެތްއިރު، އަންހެން މީހާ ވެއްޓުނު ވަގުތު ފިރިހެން މީހާ ހުރީ ސިޑިމަތީގައި ކަން ވެސް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަންކޮށްފި
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
މަގާމުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
ސިޔާސީ މުވައްޒަފުންގެ އަދަދު މިނިސްޓްރީން ނުގެންގުޅޭ
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
މަގާމުތަކަށް މީހުންލަނީ ވައްކަން ކުރާކަށް ނޫން: ރައީސް
"މުވައްޒަފުންގެ ނަން ނުދިނީ ކޯޓުގެ ހުކުމެއް އޮތީމަ"
ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް:ސަރުކާރު