11 ޖޫން 2016
ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް 2-2 އިން އެއްވަރުވެއްޖެ އެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް 2-2 އިން އެއްވަރުވެއްޖެ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައިި މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ނިއު ރޭޑިއަންޓުންނެވެ. މެޗުގެ 15 ވަަނަ މިނިޓްގައި ނިއު އަށް މި ލަނޑު ޖަހައިދިނީ މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ.
ނިއު އިން ލީޑު ނެގިތާ ނުވަ މިނިޓް ފަހުން ބީޖީ އަށް އެއްވަރުކޮށްދިނީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. މި ހާފްގައި ލަނޑު ޖަހަން މި ދެ ޓީމަށް ވެސް އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ދެ ވަނަ ހާފް ފެށިގެން އަށް މިނިޓް ތެރޭގައި ބީޖީން ވަނީ ލަނޑެއް ޖަހައި ފުރަަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ލަނޑު މެޗުގެ 44 ވަނަ މިނިޓްގައި ކާމިޔާބުކުރީ އާދަމް ލަރީފް (ރޮނާ) އެވެ. ރޮނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުގެ ކީޕަރު އިސްހާގު އީސާ ބޯމަތިން ގޮހެވެ.
ބީޖީ ކުޅުންތެރިއަކު ކައިރިން ނިއުގެ ޝާހް އިސްމާއިލް (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބީޖީ މޮޅުވާން ދަނިކޮށް ނިއު ސަލާމަތް ކޮށްދިން ލަނޑު ޖެހީ މެޗުގެ 50 ވަނަ މިނިޓްގައި ތޮއްޑޫ އެވެ. މި ލަނޑަކީ ބީޖީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ތޮއްޑޫ ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ބީޖީގެ ޑިފެންޑަރު އިބްރާހިމް އާމިރު އަށެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ނިއުގެ ތޮއްޑޫ އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީ ގެ މެޗެކެވެ. މާދަމާ ހަވީރު 16:30 ގައި ފަށާ މި މެޗުގައި ދިވެހި ސިިފައިންގެ ކްލަބް ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.
ބީޖީ ކޮޅަށް 10 ލަނޑު ޖަހައި ނިއު ފައިނަލަށް
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ހުޅުމާލެއަށް އެއްވަނަ، މޮޅެއްނުލިބި ނިއު އިންތިޒާރުގައި
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ނިއު އާއި ހުއްރިއްޔާ ކުޅުނު މެޗުތައް އެއްވަރު
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި
ވެޓްރަންސް ކަޕް: ފައިނަލުގެ ފަހު ޖާގަ ނިއު އަށް
ވެޓްރަންސް ކަޕް: ޕޮލިސް ބަލިކޮށް ނިއު ސެމީއާ ގާތަށް