Roadha Mihaaru
ސަޕޯޓަރަކު ހިތް ހުއްޓި މަރުވުމުން މެޗު ހުއްޓާލައިފި

ދަނޑުގައި ސަޕޯޓަރަކު ހިތް ހުއްޓި މަރުވުމުން ގްރަނާޑާގެ މެޗު ހުއްޓާލައިފި

11 ޑިސެމްބަރ 2023

ގްރަނާޑާ (ޑިސެމްބަރު 11) - ގްރާނާޑާ އާއި އެތުލެޓިކް ކްލަބް ބިލްބާއޯއާ ކުޅުނު މެޗެއް ބަލަށް ސްޓޭޑިއަމްގައި ހުރި ގްރަނާޑާގެ ސަޕޯޓަރަކަށް ހާޓް އެޓޭކެއް ޖެހި މަރުވުމުން، މެޗު ހުއްޓާލައިފި އެވެ.

ގްރަނާޑާ (ޑިސެމްބަރު 11) - ގްރާނާޑާ އާއި އެތުލެޓިކް ކްލަބް ބިލްބާއޯއާ ކުޅުނު މެޗެއް ބަލަށް ސްޓޭޑިއަމްގައި ހުރި ގްރަނާޑާގެ ސަޕޯޓަރަކަށް ހާޓް އެޓޭކެއް ޖެހި މަރުވުމުން، މެޗު ހުއްޓާލައިފި އެވެ.

ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް މެޗު ފެށި އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅު މެޗު ހުއްޓާލި އެވެ. ސްޕެއިންގެ މީޑިއާތަކުން ބުނީ ހާޓް އެޓޭކް ޖެހުނީ 64 އަހަރުގެ ސަޕޯޓަރަކަށް ކަމަށެވެ.

ގަޑިއެއްހާއިރު ވަންދެން އޭނާ ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނެވެ. ލަލީގާއިން އެ މީހާ މަރުވެފައިވާކަން އިއުލާންކޮށްފަ އެވެ. މެޗު މެދުކަނޑާލީ ދެ ކްލަބުން ވެސް އެއްބަސްވުމުންނެވެ.

މެޗުގެ ކުރީކޮޅު ބިލްބޯއާއިން ލީޑް ނެގި އެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އެ ލަނޑު ޖެހީ އިނާކީ ވިލިއަމްސް އެވެ.

ލަލީގާއިން ހަމަޖައްސާފައި ވަނީ މިއަދު އެ މެޗު އަލުން ފެށުމަށެވެ. މެޗު ފަށާނީ ބިލްބާއޯ ލީޑްގައި އޮވެގެން 17 ވަނަ މިނެޓާ ހަމައިންނެވެ.

"ގްރެނާޑާ އާއި އެތުލެޓިކް ބިލްބާއޯގެ މެޗު ސަސްޕެންޑް ކުރީ (ގްރަނާޑާގެ) ނިއުވޯ ލޮސް ކާމިނޭޒް ސްޓޭޑިއަމްގައި ސަޕޯޓަރަކު ހިތާމަވެރި ގޮތަކަށް މަރުވުމުން،" ލަލީގާއިން ނެރެފައިވާ ބަޔާނުގައި ބުންޏެވެ.

"ލަލީގާގެ އެދުމުގެ މަތިން އާރުއެފްއީއެފް [ސްޕެއިންގެ އެފްއޭ] ގެ ކޮމްޕްޓީޝަން ފަނޑިޔާރު ވަނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ރޭ މެޗު އަލުން ފަށަން ނިންމާފައި. މެޗު އަލުން ފަށާނީ 17 ވަނަ މިނެޓުން ފެށިގެން."