03 ޑިސެމްބަރ 2023
މާލީ އެހީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާ އެކު ޕްރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
މާލީ އެހީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާ އެކު ޕްރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު ޒަމީރު ބައްދަލުކުރެއްވީ އޭއައިއައިބީގެ ރައީސް ޖިން ލީޗުން އާ އެވެ.
އެ ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ އެޖެންޑާ ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އައްޑު އާއި ގދ. ތިނަދޫ އާއި ރީޖަނަލް އެއާޕޯޓްސް އާއި އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޒަމީރާއި އޭއައިއައިބީގެ ރައީސް ޖިން ލީޗުން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ:
ކޮޕް28 ސަމިޓަށް ދުބާއީ އަށް ވަޑައިގެން އުޅުއްވާ ޒަމީރު ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ކުރާ މަސައްކަތްތަކާއި ޓޫރިޒަމް ދާއިރާ ކުރިއަރުވައި އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރި އެވެ.
އޭއައިއައިބީއަކީ ޗައިނާ އިން އިސްނަގައިގެން 2014 ވަނަ އަހަރު އުފެއްދި ބޭންކެކެވެ. އެ ބޭންކުން ވަނީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް 7.3 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ބައެއް ކުންފުނިތަކާ ހެދި ދައުލަތް ހަފުސްވަނީ!
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
އިގްތިސާދަށް އޮތް ދަތިކަމަކީ ވަގުތީ ކަމެއް: ޒަމީރު
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ