02 ޑިސެމްބަރ 2023
ރިޔާދު (ޑިސެމްބަރު 2) - ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އައް ނަސްރާ ވާދަކޮށް 3-0 އިން އަލް ހިލާލް މެޗު ކާމިޔާބުކޮށް، ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރިޔާދު (ޑިސެމްބަރު 2) - ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އައް ނަސްރާ ވާދަކޮށް 3-0 އިން އަލް ހިލާލް މެޗު ކާމިޔާބުކޮށް، ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މެޗުގައި ހިލާލުން ލީޑު ނެގީ 64 ވަނަ މިނިޓުގައި ސާޖެގް މިލިންކޮވިޗް ސަވިޗް ޖަހައިދިން ގޯލުންނެވެ. އަދި 89 ވަނަ މިނިޓުގައި އަލެކްސެންޑާ މިޓްރޮވިޗް ލީޑު ފުޅާ ކޮށްދިން އިރު، މެޗުގެ އިތުރު ވަގުތުގައި ވެސް އޭނާ ވަނީ ގޯލެއް ޖަހައިފަ އެވެ.
މި މެޗަކީ ހިލާލްގެ "ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމް" ގައި ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ކުޅޭނެ ފަހު މެޗެވެ. މިއަށް ފަހު އޭޝިއަން ކަޕް 2027 އަށާއި 2034 ގެ ވޯލްޑް ކަޕަށް ތައްޔާރުވާޏް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާއިރު، މި މެޗަށް ފަހު ހިލާލުގެ ހޯމް މެޗުތައް ކުޅޭނީ "ޕްރިންސް ފައިސަލް ބިން ފަހަދް ސްޕޯޓްސް ސިޓީ" ގަ އެވެ.
ހިލާލް އާއި ނަސްރު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ ކުރިން ރޮނާލްޑޯ ވަނީ ލީގުގައި ކުޅުނު 14 މެޗުން 15 ގޯލު ޖަހައިފަ އެވެ. ހިލާލް އަތުން ބަލިވި މެޗަށް ފަހު ނަސްރު އޮތީ 15 މެޗުން ލިބުނު 34 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ހިލާލް އެއްވަނައިގައި އޮތީ 41 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ހިލާލެވެ.
ސަވިޗްގެ ގޯލުން ހިލާލް ލީޑު ކުރަމުން ދަނިކޮށް އެޓީމުގެ ގޯލަށް ރޮނާލްޑޯ ބޯޅައެއް ފޮނުވާލި ނަމަވެސް، ރެފްރީ ވަނީ އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ. އަދި މިޓްރޮވިޗް ހިލާލަށް ލީޑު ފުޅާ ކޮށްދިން ގޯލަށް ފަހު ރޮނާލްޑޯ ވަނީ ގޯލުގެ ބިލްޑް-އަޕް ގައި ހިލާލް ކުޅުންތެރިން ފައުލް ކުރި ކަމަށް ވެސް އެޕީލް ކޮށްފަ އެވެ.
ހަމަ އެއާ އެކު ރޮނާލްޑޯގެ ދުވަސް އިތުރަށް ހަރާބު ކޮށްލީ އެމެރިކާ އިން ލިބުނު ހަބަރަހާ ގުޅިގެންނެވެ. ފްލޮރިޑާގެ ކޯޓަކުން ވަނީ ކްރިޕްޓޯ ކަރެންސީ އެކްސްޗޭންޖް ކުރާ ބައިނޭންސް އިން ރޮނާލްޑޯ ބޭނުން ކޮށްގެން ގަވާއިދާ ހިލާފަށް ޕްރޮމޯޓްކުރި އެންއެފްޓީތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގައި އެއް ބިލިއަން ޑޮލަރު ހޯދަން ދައުވާ އުފުލައިފަ އެވެ.
މާނޭ ލަނޑު ޖެހިޔަސް ރޮނާލްޑޯ ނެތި ނަސްރު ބަލިވެއްޖެ
ރޮނާލްޑޯގެ ޓީމު ސެމީއަށް، ބެންޒެމާ ޓީމު ސަލާމަތެއްނުވި
ސައުދީ ޓީމުތައް ކުއާޓާގައި، ނަސްރު ގެންދިޔައީ ރޮނާލްޑޯ
ބެންޒެމާގެ ގޯލުތަކާއެކު އިއްތިހާދު އަރަބްކަޕް ކުއާޓާއަށް
ސައުދީގެ ލީގުން އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ
ރޮނާލްޑޯ ލީގުގެ ލަނޑުގެ އަދަދު 500 އިން މައްޗަށް
ރޮނާލްޑޯ ކެރިއަރު ނިންމާލާނީ ޔޫރަޕުގައި: ކޯޗު
ސައުދީ ސުޕަ ކަޕުން ރޮނާލްޑޯގެ ނަސްރު ކަޓައިފި
ރޮނާލްޑޯގެ ފުރަތަމަ މެޗުން ނަސްރަށް ހަނިމޮޅެއް
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި