07 އޯގަސްޓް 2023
އަބްހާ، ސައުދީ އަރަބިއްޔާ (އޮގަސްޓް 7) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 3-1 އިން އެންމެ ފަހުގެ ޗެމްޕިއަން މޮރޮކޯގެ ރާޖާ ކަސަބުލަންކާ ބަލިކޮށް އައް ނަސްރު، ޔުއާފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އަބްހާ، ސައުދީ އަރަބިއްޔާ (އޮގަސްޓް 7) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 3-1 އިން އެންމެ ފަހުގެ ޗެމްޕިއަން މޮރޮކޯގެ ރާޖާ ކަސަބުލަންކާ ބަލިކޮށް އައް ނަސްރު، ޔުއާފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 5-4 އިން ޔޫއޭއީގެ އަލް ވަހުދާ ބަލިކޮށް ސައުދީގެ އައް ޝަބާބް ވެސް ސެމީ އަށް ދަތުރު ކޮށްފައި ވާއިރު، ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒެމާ ކުޅެމުން އަންނަ ސައުދީގެ ޗެމްޕިއަން އަލް އިއްތިހާދު 3-1 އިން ބަލިކޮށް ސެމީން ފުރުސަތު ހޯދީ އެގައުމުގެ އަލް ހިލާލް އެވެ.
ސެމީގައި ނަސްރާ ދެކޮޅަށް ނުކުންނާނީ، 4-2 އިން ގަތަރުގެ އަލް ސާދު ބަލިކުރި އިރާގުގެ އައް ޝުރުތާ އެވެ.
◂ ސެމީ 1: 9 އޮގަސްޓް، 20:00 / އައް ޝުރުތާ - އައް ނަސްރު
◂ ސެމީ 2: 9 އޮގަސްޓް، 23:00 / އަލް ހިލާލް - އައް ޝަބާބް
ހިލާލާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޒެމާ ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އަލް އިއްތިހާދު
އިއްތިހާދުގެ ބެންޒެމާ އާއި އެންގޯލޯ ކަންޓޭ ވެސް ސްޓާޓް ކުރި މެޗުގައި ހިލާލު ފުރަތަމަ ހާފު ވެސް ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ފުރަތަމަ ގޯލު ރުބެން ނެވޭސްގެ އެހީތެރިކަމާ އެކު ސާޖެގް މިލިންކޮވިޗް ސަވިޗް ކާމިޔާބު ކޮށްދިންއިރު، ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން ލީޑު ފުޅާ ކޮށްދިނީ ސާލެމް އަލްދައުސާރީ އެވެ.
ދެވަނަ ހާފުގައި ބްރެޒިލްގެ ރޮމާރީނިއޯ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްދިން ނަމަވެސް، ރަޝިއާގެ ޒެނިތުން 66.5 މިލިއަން ޑޮލަރަށް ހިލާލަށް ގެނައި، ކުރީގެ ބާސެލޯނާގެ ފޯވާޑް ބްރެޒިލްގެ މެލްކޮމް ވަނީ އަލުން ދެ ގޯލުގެ ލީޑު އެޓީމަށް ހޯދައިދީފަ އެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ގޯލު ޖެހި ބެންޒެމާ ޕެނަލްޓީއެއް ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ކަސަބުލަންކާއާ ދެކޮޅަށް ރޭ ނަސްރު ކުޅުނު މެޗުގައި ފެނުނު ހަތަރު ގޯލު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 19 ވަނަ މިނިޓުގައި ރޮނާލްޑޯ، މުބާރާތުގައި އޭނާގެ ތިންވަނަ ގޯލާ އެކު ނަސްރަށް ލީޑު ނަގައިދިން އިރު އޭގެ 10 މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ސުލްތާން އަލް ގަންނާމް އެވެ. އޭގެ ނުވަ މިނިޓް ފަހުން ތިންވަނަ ގޯލު ޖަހައިދިނީ 28 މިލިއަން ޑޮލަރަށް ފްރާންސް ލީގުން ގެނައި އައިވަރީކޯސްޓް މިޑްފީލްޑަރު ސެކޯ ފޮފާނާ އެވެ.
ކަސަބުލަންކާގެ ހަމައެކަނި ގޯލަކީ ފޮފާނާ ގޯލު ޖެހިތާ ތިން މިިޓު ފަހުން، ނަސްރުގެ ޑިފެންޑަރު އަބްދުﷲ މާދޫ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ސައުދީ ޓީމުތައް ކުއާޓާގައި، ނަސްރު ގެންދިޔައީ ރޮނާލްޑޯ
ބެންޒެމާގެ ގޯލުތަކާއެކު އިއްތިހާދު އަރަބްކަޕް ކުއާޓާއަށް
މާނޭ ލަނޑު ޖެހިޔަސް ރޮނާލްޑޯ ނެތި ނަސްރު ބަލިވެއްޖެ
ހިލާލުން ނަސްރު ބަލިކޮށްފި، ރޮނާލްޑޯ އަށް ކަމެއް ނުވި
ސައުދީގެ ލީގުން އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ
ރޮނާލްޑޯ ލީގުގެ ލަނޑުގެ އަދަދު 500 އިން މައްޗަށް
ރޮނާލްޑޯ ކެރިއަރު ނިންމާލާނީ ޔޫރަޕުގައި: ކޯޗު
ސައުދީ ސުޕަ ކަޕުން ރޮނާލްޑޯގެ ނަސްރު ކަޓައިފި
ރޮނާލްޑޯގެ ފުރަތަމަ މެޗުން ނަސްރަށް ހަނިމޮޅެއް
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި