15 އޯގަސްޓް 2023
ދަންމާމް (އޮގަސްޓް 15) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި އައް ނަސްރުން މި ސީޒަންގެ ސައުދީ ޕްރޯ ލީގުގެ ފުރަތަމަ މެޗުގައި އަލް އިއްތިފާގު އަތުން 2-1 އިން ބަލިވެއްޖެ އެވެ.
ދަންމާމް (އޮގަސްޓް 15) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި އައް ނަސްރުން މި ސީޒަންގެ ސައުދީ ޕްރޯ ލީގުގެ ފުރަތަމަ މެޗުގައި އަލް އިއްތިފާގު އަތުން 2-1 އިން ބަލިވެއްޖެ އެވެ.
ލީގު ފެށުމުގެ ކުރިން އޮތް އެރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބު ކުރި ނަސްރު ޓީމުގެ ރޮނާލްޑޯ އާއި އެޓީމުގެ ބްރެޒިލް ފޯވާޑް ޓަލިސްކާ ވެސް ރޭގެ މެޗަށް ނުނަގަ އެވެ. ކަޕް ފައިނަލްގައި ދެ ގޯލު ޖަހައިގެން އެޓީމު މޮޅުކޮށްދިން ރޮނާލްޑޯ އަށް އެ މެޗުގެ ފަހު ވަގުތު ވަނީ އަނިޔާ ވެގެން ބަދަލު ކޮށްފަ އެވެ.
ލިވަޕޫލް ލެޖެންޑް ސްޓީވަން ޖެރާޑުގެ ކޯޗު ކަމުގައި ކުޅޭ އިއްތިފާގާ ދެކޮޅަށް މެޗުގެ ހަތަރުވަނަ މިނިޓުގައި ސަޑިއޯ މާނޭ ވަނީ ގޯލެއް ޖަހައި ނަސްރަށް ލީޑު ނަގައި ދީފަ އެވެ. މިއީ މާނޭ އެޓީމަށް ބަދަލުވެ ޖެހި ފުރަތަމަ ގޯލެވެ. ރޮނާލްޑޯ ނެތި، މި މެޗުގައި އެޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކުރީ އޭނާ އެވެ.
ނަސްރާ ދެކޮޅަށް އިއްތިފާގު ކުޅުނު މެޗުގައި، އިއްތިފާގުގެ ކޯޗު ޖެރާޑް.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން ލީޑު ކުރި އިއްތިފާގު މޮޅުވީ ފަހަތުން އަރައި ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބު ކުރި ގޯލުތަކުންނެވެ. އެޓީމުން އެއްވަރު ކުރީ 47 ވަނަ މިނިޓުގައި ރޮބިން ގައިސަން ކާމިޔާބު ކުރި ގޯލުންނެވެ. އަދި ހަ މިނިޓު ފަހުން ޓީމު މޮޅުވި ލަނޑު ޖަހައިދިނީ ފްރާންސްގެ ލިޔޯން އިން ގެނައި ފޯވާޑް މޫސާ ޑެމްބެލޭ އެވެ.
ކުޅުންތެރިން ގަންނަން ބޮޑު ހޭދައެއް ކުރަމުން އަންނަ އަލް ހިލާލް ވަނީ ރޭ ރަށުން ބޭރުގައި 3-1 އިން އަބްހާ ކްލަބް ބަލިކޮށްފަ އެވެ. ހިލާލުގެ ތިން ގޯލު ވެސް ޖަހައިދިނީ ކުރިން ބާސެލޯނާއަށް ކުޅުނު ފޯވާޑް މެލްކޮމް އެވެ.
މީގެ އިތުރުން މިދިޔަ ސީޒަންގެ ޗެމްޕިއަން އަލް އިއްތިހާދު ވެސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެޓީމުން ރަށުން ބޭރުގައި އައް ރައީދު ބަލިކުރީ 3-0 އިންނެވެ. އެޓީމުން ޖެހި ތިން ގޯލު ވެސް ފަހު ހާފުގައި ފެނުނުއިރު، ލީޑު ނެގީ މި ސީޒަނަށް އެޓީމަށް ބަދަލުވި ކަރީމް ބެންޒެމާގެ އެހީތެރިކަމާއެކު ޖެހި ގޯލަކުންނެވެ.
މި ސީޒަންގައި ސައުދީ ލީގު ކުޅެމުން އަންނަނީ ކުރީ ސީޒަނާ ހިލާފަށް އިތުރު ދެ ޓީމާ އެކު ޖުމްލަ 18 ޓީމު ހިމަނައިގެންނެވެ.
ރޮނާލްޑޯގެ ޓީމު ސެމީއަށް، ބެންޒެމާ ޓީމު ސަލާމަތެއްނުވި
ސައުދީ ޓީމުތައް ކުއާޓާގައި، ނަސްރު ގެންދިޔައީ ރޮނާލްޑޯ
ބެންޒެމާގެ ގޯލުތަކާއެކު އިއްތިހާދު އަރަބްކަޕް ކުއާޓާއަށް
ހިލާލުން ނަސްރު ބަލިކޮށްފި، ރޮނާލްޑޯ އަށް ކަމެއް ނުވި
ސައުދީގެ ލީގުން އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ
ރޮނާލްޑޯ ލީގުގެ ލަނޑުގެ އަދަދު 500 އިން މައްޗަށް
ރޮނާލްޑޯ ކެރިއަރު ނިންމާލާނީ ޔޫރަޕުގައި: ކޯޗު
ސައުދީ ސުޕަ ކަޕުން ރޮނާލްޑޯގެ ނަސްރު ކަޓައިފި
ރޮނާލްޑޯގެ ފުރަތަމަ މެޗުން ނަސްރަށް ހަނިމޮޅެއް
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި