05 އޯގަސްޓް 2023
ތޯއިފް، ސައުދީ އަރަބިއްޔާ (އޮގަސްޓް 5) - އަރިބި ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ޔޫނިއަން (ޔުއާފާ) އިން ބާއްވާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގައި މިއަހަރު ވާދަކުރާ ސައުދީ އަރަބިއްޔާގެ ހަތަރު ކްލަބް ކަމަށްވާ އަލް އިއްތިފާގާއި އަލް ހިލާލް އަދި އަލް ޝަބާބް އާއި އައް ނަސްރު ވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ތޯއިފް، ސައުދީ އަރަބިއްޔާ (އޮގަސްޓް 5) - އަރިބި ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ޔޫނިއަން (ޔުއާފާ) އިން ބާއްވާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގައި މިއަހަރު ވާދަކުރާ ސައުދީ އަރަބިއްޔާގެ ހަތަރު ކްލަބް ކަމަށްވާ އަލް އިއްތިފާގާއި އަލް ހިލާލް އަދި އަލް ޝަބާބް އާއި އައް ނަސްރު ވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
އައް ނަސްރު ކުއާޓާ އަށް ގެންގޮސްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ސަޑިއޯ މާނޭ ނަސްރަށް ބަދަލުވެ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިސްރުގެ ޒަމާލިކާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗެވެ. އެ މެޗުން 1-0 އިން ޓީމު ބަލިވާން ދަނިކޮށް 1-1 އިން އެއްވަރުކޮށް، ގުރޫޕްގެ ދެވަނަ ޔަގީން ކުރީ ރޮނާލްޑޯ ބޮލުން ކާމިޔާބުކުރި ގޯލުންނެވެ.
ނަސްރު ވާދަކުރި ގުރޫޕް ސީގައި ދެން ހިމެނުނު ސައުދީގެ އައް ޝަބާބެވެ. އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އެޓީމުގެ ކެޕްޓަން ކުރީގެ އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު އެވާ ބަނޭގާ ކާމިޔާބު ކޮށްދިން ޕެނަލްޓީއިން 1-0 އިން ޓިއުނީޝިއާގެ ޔޫނިއަން މޮނަސްޓިރިއޭނޭ ބަލިކޮށް ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނަސްރުގެ މާނޭ، ބޯޅަހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ؛ މިއީ މާނޭ އެޓީމަށް ކުޅެދިން ފުރަތަމަ މެޗު.-- ފޮޓޯ: އައް ނަސްރު
ގުރޫޕް ސްޓޭޖުގެ ފަހު މެޗާ ކުރިމަތިލީއިރު ވެސް މޮޅެއް ނުހޯދި އޮތް އަލް ހިލާލް ކުއާޓާ އަށް ދިޔައީ ފަހު މެޗު ކާމިޔާބުކޮށްގެން ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މޮރޮކޯގެ ވިދާދު އޭސީއާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖު ފަހު މެޗުން 2-1 އިން އެޓީމު މޮޅުވީ މި ޓްރާންސްފާ ބާޒާރުގައި ޔޫރަޕް ލީގުތަކުން ގެނައި ކުޅުންތެރިންގެ ގޯލުތަކުންނެވެ. ސާގެޖް މިލިންކޮވިޗް ސަވިޗް ފުރަތަމަ ހާފު ނިމެނިކޮށް ލީޑު ނަގައިދިން ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ވިދާދުން ނަތީޖާ އެއްވަރު ކުރި އެވެ. އެއްވަރުކުރިތާ ދެ މިނިޓު ފަހުން އެޓީމު މޮޅުވި ގޯލު ޖަހައިދިނީ ރުބެން ނެވޭސް އެވެ.
ކަރީމް ބެންޒެމާ ކުޅެމުން އަންނަ އިއްތިހާދު އޮތީ ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ކުއާޓާ އިން ޖާގަ ޔަގީން ކޮށްފަ އެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގެ ފަހު މެޗުން ވެސް މޮޅުވެ، އެޓީމު ގުރޫޕް ސްޓޭޖު ނިންމާލީ ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.
ބެންޒެމާގެ ގޯލުތަކާއެކު އިއްތިހާދު އަރަބް ކަޕް ކުއާޓާ އަށް https://t.co/BkWRhUHu7G
— Mihaaru (@Mihaarunews) July 31, 2023
ފުރަތަމަ ދެ މެޗުގައި ގޯލު ޖެހި ބެންޒެމާ ވަނީ ފަހު މެޗުގައި ވެސް ގޯލެއް ޖަހައިފަ އެވެ. އިރާގުގެ އަލް ޝޯޓާ އާ ދެކޮޅަށް ފުރަތަމަ ހާފުގައި އަހުމަދު ބަމްސައުދު ގޯލެއް ޖަހައި އިއްތިހާދަށް ލީޑު ނަގައިދީފައި ވަނިކޮށް އެޓީމުން އެއްވަރު ކުރީ 80 ވަނަ މިނިޓުގަ އެވެ. ނަމަވެސް މެޗު ކާމިޔާބު ކުރީ އޭގެ ހަތަރު މިނިޓު ފަހުން ލިބުނު ޕެނަލްޓީއެއް ބެންޒެމާ ކާމިޔާބު ކޮށްގެންނެވެ.
ކުއާޓާ ފައިނަލްގައި ސައުދީގެ ޗެމްޕިއަން އަލް އިއްތިފާގު ވާދަކުރަން ޖެހެނީ އަލް ހިލާލް އާއެވެ. ދެ ޓީމުން ވެސް ވަނީ އާ ސީޒަނަށް ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން ހޯދަން ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ.
ޝަބާބުން ކުއާޓާގައި ނުކުންނާނީ ޔޫއޭއީގެ އަލް ވަހްދާއާ ދެކޮޅަށެވެ. އަދި ރޮނާޅްޑޯގެ ނަސްރު ނުކުންނާނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މޮރޮކޯގެ ރާޖާ ކަސަބުލަންކާއާ ދެކޮޅަށެވެ.
ހިލާލް އާއި ޝަބާބުން ވެސް ދެ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައި ވާއިރު، އިއްތިހާދު ވެސް ވަނީ އެއްފަހަރު ތަށި އުފުލާލައިފަ އެވެ. މީގެ އިތުރުން އަލް ސާދު އާއި އަލް ޝޯޓާ ވެސް ވަނީ އެއްފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ކުއާޓާގައި ކުޅޭ ކްލަބްތަކުގެ ތެރެއިން މުބާރާތް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ކްލަބްތަކަކީ ނަސްރާއި ވަހްދާ އެވެ.
5 އޮގަސްޓް، 20:00 / އަލް ސާދު (ގަތަރު) - އަލް ޝޯޓާ (އިރާގު)
5 އޮގަސްޓް، 23:00 / އަލް އިއްތިހާދު (ސައުދީ) - އަލް ހިލާލް (ސައުދީ)
6 އޮގަސްޓް، 20:00 / ރާޖާ ކަސަބުލަންކާ (މޮރޮކޯ) - އައް ނަސްރު (ސައުދީ)
6 އޮގަސްޓް، 23:00 / އަލް ޝަބާބު (ސައުދީ) - އަލް ވަހްދާ (ޔޫއޭއީ)
ރޮނާލްޑޯގެ ޓީމު ސެމީއަށް، ބެންޒެމާ ޓީމު ސަލާމަތެއްނުވި
ބެންޒެމާގެ ގޯލުތަކާއެކު އިއްތިހާދު އަރަބްކަޕް ކުއާޓާއަށް
މާނޭ ލަނޑު ޖެހިޔަސް ރޮނާލްޑޯ ނެތި ނަސްރު ބަލިވެއްޖެ
ހިލާލުން ނަސްރު ބަލިކޮށްފި، ރޮނާލްޑޯ އަށް ކަމެއް ނުވި
ސައުދީގެ ލީގުން އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ
ރޮނާލްޑޯ ލީގުގެ ލަނޑުގެ އަދަދު 500 އިން މައްޗަށް
ރޮނާލްޑޯ ކެރިއަރު ނިންމާލާނީ ޔޫރަޕުގައި: ކޯޗު
ސައުދީ ސުޕަ ކަޕުން ރޮނާލްޑޯގެ ނަސްރު ކަޓައިފި
ރޮނާލްޑޯގެ ފުރަތަމަ މެޗުން ނަސްރަށް ހަނިމޮޅެއް
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި