30 ނޮވެމްބަރ 2023
ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ކޮންސަލްޓެންޓަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ކޮންސަލްޓެންޓަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައިވާ ގޮތުން، ކޮންސަލްޓެންޓަކު ހޯދަނީ ސަރުކާރު ހިއްސާވާ، ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ތަކުގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށެވެ.
މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ބީލަން އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަނެއް ހަދާނެ އެވެ. އެ އިވެލުއޭޝަންގައި 80 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތެއް ކޮންސަލްޓެންޓެއްގެ ގޮތުގައި ހޮވާނެ އެވެ.
މިކަމަށް އެދި ޓީއޯއާރް ހުށަހަޅަން ޖެހެނީ އަންނަ އަންގާރަ ދުވަހުގެ ކުރިންނެވެ.
ސަރުކާރުގެ ހިއްސާވާ 32 ކުންފުންޏެއް އޮތް އިރު އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ، ގެއްލުމުގައި ނުވަތަ ވަރަށް ކުޑަ ފައިދާއެއްގައި ހިންގާ ކުންފުނިތަކެވެ. އާ ސަރުކަރުން ވެސް ވަނީ ވިއްސަށް ވުރެ ގިނަ ކުންފުނިތައް ހިންގުމަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް އެހާ ގިނަ އިރު، އެ ހުރިހާ ކުންފުންޏަކީ ކޮންމެހެން މުހިއްމު ކުންފުނިތަކެއް ނޫން ކަމަށާއި އެކަން ބަލައި ރިވިއު ކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ވެސް ބުންޏެވެ.
މި ވަގުތު ސަރުކާރު ހިއްސާވާ 32 ކުންފުނީގައި 33،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެއީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ. ކުންފުނިތައް ހިންގުމަށް ސަރުކާރުން ކޮންމެ އަހަރެއްގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކުރަން ޖެހެ އެވެ.
ކުންފުނިތަކަށް ސިޔާސީ ނުފޫޒު: ރިހޭ ފަޔެއްގައި ޖެހުން!
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި
ކަނޑައެޅި ވަރަށްވުރެ އިތުރަށް އެސްއޯއީތަކަށް ފައިސާދީފި
ބައެއް ކުންފުނިތަކާ ހެދި ދައުލަތަށް ބުރަ ބޮޑުވަނީ!
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
ސަރުކާރުން އެސްއޯއީތަކަށް 1.3 ބިލިއަން ހޭދަކޮށްފި
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
ކުންފުނިތައް ހިންގީ ދޯދިޔާކޮށް، ދަރަނި 98 ބިލިއަނަށް