Roadha Mihaaru
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި

ސަރުކާރުގެ ކުންފުނިތަކުގެ ކޭޝްފްލޯ ބޮޑު ބުރައަކަށް، މި އަހަރު ވެސް 300 މިލިއަން ބަޖެޓުން ދީފި

14 އޮކްޓޯބަރ 2023

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖައްސަން މި އަހަރުގެ މިހާތަނަށް ޓްރެޝަރީ ލޯނުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 300 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖައްސަން މި އަހަރުގެ މިހާތަނަށް ޓްރެޝަރީ ލޯނުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 300 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ބުނެފި އެވެ.

އެ މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ކަންކަން ހަމަޔަކަށް އެޅުވުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަހަރުން އަހަރަށް ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖައްސަން ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ.

ސަރުކާރުގެ ކުންފުނިތަކަށް މި އަހަރު ދޫކުރި ޓްރެޝަރީ ލޯނުގެ އަދަދަކީ މިދިޔަ ދެ އަހަރަށް ވުރެ 80 ޕަސެންޓު އިތުރު އަދި އޭގެ ކުރީ އަހަރަށް ވުރެ 60 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކޭޝްފްލޯ ހަމަޖެއްސުމަށް ބަޖެޓުން ދޫކުރީ 50 މިލިއަން ރުފިޔާ އެވެ. އަދި 2021 ވަނަ އަހަރު ކުންފުނިތަކަށް 200 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކުންފުނިތަކުގެ ބަޖެޓު ސަޕޯޓަށް ދޫކުރާ މިފަދަ ލޯނުތަކުން ސަރުކާރަށް ލިބެން ޖެހޭ 865 މިލިއަން ރުފިޔާ އެބަހުއްޓެވެ. މަޝްރޫއުތައް ހިންގުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 1.1 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މަޝްރޫއުތަކާ ގުޅޭ ލޯނުތައް އެންމެ ގިނައިން ދޫކޮށްފައިވަނީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލާއި ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ކުންފުނި އާބަންކޯ ނުވަތަ އެޗްޑީސީ އާއި އެފްސީޑީއަށެވެ. އެއީ އެއާޕޯޓް މަޝްރޫ އާއި ހައުސިން މަޝްރޫއުތަކަށެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އެސްއޯއީތަކުގެ ވެރިން ހާޒިރުކުރި ކޮމިޓީ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މިހާރު

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އެސްއޯއީތަކުގެ ވެރިން ހާޒިރުކުރި ކޮމިޓީ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މިހާރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ދޫކުރާ ލޯނުތަކާއި ގެރެންޓީ ދޭ ލޯނުތަކަށް ފައިސާ ނުދެއްކުމުން، ދައުލަތުގެ ބަޖެޓެއް ބޮޑު ބުރައެއް ކުރިމަތިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ކުންފުނިތަކަށް އިތުރަށް ކުރަން ޖެހޭ ހަރަދުގެ އިތުރުން، ސަބްސިޑީގެ ގޮތުގައި ވެސް ބޮޑެތި އަދަދުތަކުން ކުންފުނިތަކަށް ދެ އެވެ. ފިއުލް އާއި ކަރަންޓް ސަބްސިޑީ ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށެވެ. އޭގެ އިތުރުން ވެސް، އެހެން އެކި ސަބްސިޑީތައް ވެސް ކުންފުނިތަކަށް ދެ އެވެ.

ސަރުކާރުގެ ކުންފުނިތަކަށް މި އަހަރު ދޫކުރި ޓްރެޝަރީ ލޯނުގެ އަދަދަކީ މިދިޔަ ދެ އަހަރަށް ވުރެ 80 ޕަސެންޓު އިތުރު އަދި އޭގެ ކުރީ އަހަރަށް ވުރެ 60 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކޭޝްފްލޯ ހަމަޖެއްސުމަށް ބަޖެޓުން ދޫކުރީ 50 މިލިއަން ރުފިޔާ އެވެ. އަދި 2021 ވަނަ އަހަރު ކުންފުނިތަކަށް 200 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، ކުންފުނިތަކަށް ކޮންމެ އަހަރަކު ކުރަން ޖެހޭ ހަރަދުތައް އިތުރުވާ އިރު، އެ ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ލިބެނީ ކުޑަ އަދަދެކެވެ. ގަވާއިދާ އެއްގޮތަށް ޑިވިޑެންޑް ދެނީ ވަރަށް މަދު ކުންފުންޏަކުން ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެ އެވެ. މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބުނީ 650 މިލިއަން ރުފިޔާ އެވެ. އެއީ ލިބޭނެ ކަމަށް ލަފާކުރި އަދަދުގެ 50 ޕަސެންޓެވެ. ސަރުކާރުގެ ކުންފުނިތަކުން މި އަހަރު ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

ޑިވިޑެންޑްގެ އިތުރުން ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ވެސް ނުދައްކާ ބޮޑެތި އަދަދުތަކުން އެބަހުއްޓެވެ. ޖޫރިމަނާ އާއި ޓެކްސްގެ ގޮތުގައި 880 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަ ހުއްޓެވެ.