27 ނޮވެމްބަރ 2023
ބަންގްލަދޭޝްގައި މާޒިޔާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އޭއެފްސީ ކަޕްގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ބަޝުންދަރާ ކިންގްސްއިން ބޮޑުކޮށްފި އެވެ.
ބަންގްލަދޭޝްގައި މާޒިޔާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އޭއެފްސީ ކަޕްގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ބަޝުންދަރާ ކިންގްސްއިން ބޮޑުކޮށްފި އެވެ.
މެޗަށް ނުކުތް އިރު ވެސް މާޒިޔާ އަށް އޮތީ އަނެއް ބުރަށް ދިއުމުގެ ފުރުސަތު މުޅިހެން ބަންދުވެފަ އެވެ.
އޭއެފްސީގެ ޕްރީމިއަމް ކްލަބް މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި މި އަހަރު ފުރަތަމަ ފަހަރަށް ވާދަކުރި ބަޝުންދަރާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި 3-1 ން މާޒިޔާ މޮޅުވި އެވެ.
މިދިޔަ މަހު ބަންގްލަދޭޝް އަތުން ރާއްޖޭގެ ގައުމީ ޓީމު ބަލިވި، ޑާކާގެ ބަޝުންދަރާ އެރީނާގައި މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ މާޒިޔާއިންނެވެ.
މެޗުގެ 10 ވަނަ މިނެޓްގައި މާޒިޔާގެ ލަނޑު ޖެހީ ގާނާގެ ޑިފެންޑަރު ރޭގަން އޮބެން އެވެ. އޭގެ ކުރިން ވޮއިސްލާވް ބަލަބޮނޮވިޗް ވާތުފައިން ގޯލްގެ ވާތު ކަނަށް ފޮނުވާލި ހަމަލާ ބްލޮކްވި އެވެ.
ބަޝުންދަރާއިން ދެވަނަ ހާފުގައި ގޭމް ބަދަލު ކުރި އެވެ. އެކަމަކު އެ ޓީމަށް މާޒިޔާގެ ގޯލް ފޫއަޅުވާލެވުނީ މެޗުގެ އެންމެ ފަހު 10 މިނެޓްގަ އެވެ.
މެޗުގެ 80 ވަނަ މިނެޓްގައި ބަޝުންދަރާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ އުޒްބެކިސްތާނުގެ ބޮބާބެކް ޔުލްޑަޝޭވް އެވެ. އޭނާ ލަނޑު ޖެހީ ޝައިހް މޮސާލިން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މޮޅެއް ހޯދަން ކެތް މަދުވެފައި ތިބި ބަޝުންދަރާ ޓީމު މެޗުން މޮޅުކޮށް ދިން ލަނޑު މިގޭލް ފިރޭގާ ޖެހީ 88 ވަނަ މިނެޓްގައި ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ (ޑޯރީ) އެވެ.
ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކާމިޔާބު ހޯދައި ދިން އޮސްކާ ބުރުޒޮން ބަރޭރަސް ކޯޗުކޮށްދޭ ބަޝުންދަރާއިން މިހާރު ވަނީ 10 ޕޮއިންޓް ހޯދާފަ އެވެ. އެ ޓީމާ ވާދަކުރަން އޮތީ އިންޑިއާގެ މޯހަން ބަގާން އެވެ. އެ ޓީމަށް އޮތީ ހަތް ޕޮއިންޓެވެ. މިރޭ އެ ޓީމުން ނުކުންނާނީ އޮޑީޝާ އެފްސީއާ ދެކޮޅަށެވެ.
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
މެޗު އަތުން ދޫވެ މާޒިޔާގެ ބާރު ކެނޑިއްޖެ
ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާ ފަސޭހައެއް ނުވާނެ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ބޮޑު ބައްޔެއްވެ މާޒިޔާ އަށް އުންމީދު ފަނޑުވެއްޖެ
އޮޑީޝާ އަކީ މޯހަން ބަގާނަށް ވުރެ ކޮލިޓީ ޓީމެއް: މިލޯ
ނޮޓިންހަމްގެ ކުރީގެ ފޯވާޑް އެހީވެ މާޒިޔާ ބަލިކޮށްފި
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ