28 ނޮވެމްބަރ 2023
"ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް މާޒިޔާ ސްޕޯޓްސް ކްލަބަށް ސަރުކާރުން މާލީގޮތުން ބޮޑު އެހީތެރިކަމެއް ވެދިނީ މި ސަރަހައްދުގެ ބޮޑެތި ކުލަބުތަކަކީ މިއަދު މާލީގޮތުން ވަރުގަދަ އަދި އަގުބޮޑު މޮޅެތި ބިދޭސީ ކުޅުންތެރިން ހިމެނޭ ކްލަބު ތަކެއްކަމުން، އެކުލަބުތަކުގެ މައްޗަށް ކާމިޔާބު ހޯދުމުގެ އުންމީދުގައި."
"ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް މާޒިޔާ ސްޕޯޓްސް ކްލަބަށް ސަރުކާރުން މާލީގޮތުން ބޮޑު އެހީތެރިކަމެއް ވެދިނީ މި ސަރަހައްދުގެ ބޮޑެތި ކުލަބުތަކަކީ މިއަދު މާލީގޮތުން ވަރުގަދަ އަދި އަގުބޮޑު މޮޅެތި ބިދޭސީ ކުޅުންތެރިން ހިމެނޭ ކްލަބު ތަކެއްކަމުން، އެކުލަބުތަކުގެ މައްޗަށް ކާމިޔާބު ހޯދުމުގެ އުންމީދުގައި."
އޭއެފްސީ ކަޕްގައި މާޒިޔާގެ ފުރަތަމަ މެޗުގައި، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުން މޮޅުވުމުން، އޭރު ސްޕޯޓްސް މިނިސްޓަރުކަމުގައި ހުންނެވި އަހްމަދު މަހްލޫފް ވިދާޅުވި ވާހަކަ އަކީ އެއީ އެވެ.
މަހްލޫފްގެ މިނިސްޓަރުކަމުގައި ސަރުކާރުން މި އަހަރު ވެސް މާޒިޔާ އަށް ގާތްގަނޑަކަށް ތިން މިލިއަނެއްހާ ރުފިޔާ ދީފައިވެ އެވެ. އޭނާ ފާހަގަ ކުރެވުނީ، އެހެން ކްލަބްތަކަށް ވުރެ ބޮޑަށް "މާޒިޔާ އަށް ފެއާ ކުރާ" ބޭފުޅެއްގެ ގޮތުގަ އެވެ. އޭއެފްސީ ކަޕުގައި ވާދަކުރާތީ މާޒިޔާ އަށް އެކަނި ކޮންމެ އަހަރަކު، ދެ މިލިއަނާ ގާތްކުރާ އަދަދަކަށް ސަރުކާރުން ފައިސާ ދިނެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި ވެސް މާޒިޔާ އަށް ކުރިއަކަށް ނުދެވުނެވެ. އިއްޔެ ޑާކާގައި ބަޝުންދަރާއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް އިރު ވެސް މާޒިޔާ އަށް އޮތީ މުޅިހެން ފުރުސަތު ގެއްލިފަ އެވެ. އިއްޔެ މެޗުން ބަލިވުމުން އެ ޓީމަށް އޮތް މެތެމެޓިކަލް ޗާންސް ވެސް ގެއްލި މުބާރާތުން ކެޓީ އެވެ.
ކާވާ ބީޗު ވޮލީ ޓުއަރ ގައި ރާއްޖެއަށް ސިލްވަރ މެޑަލް ?ހޯދައިދިން އަރުތަ ޕްރޮގްރަަމްގެ ދެއެތުލީޓުން ކަމުގައިވާ ސާޖިދު އަދި އެޑަމް އަށް މަރުހަބާ. ???
— Ahmed Mahloof (@AhmedMahloof) September 19, 2023
އަދި މިއަދު އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގެ ވަރުގަދަ ބަޝުންދުރަ ކިންގްސް ބަލިކޮށް މާޒިޔާ އިން ހޯދި ކާމިޔާބީއަށް މަރުހަބާ.… pic.twitter.com/NkBGviBWg2
އެ ވަރަށް މާޒިޔާ އަށް ފައިސާ ދިން އިރު ވެސް، އޭއެފްސީ ކަޕްގައި ކުރިއަށް ނުދެވުނީ ކީއްވެހެއްޔެވެ. މަހްލޫފް އެ ވިދާޅުވި "މާލީ ގޮތުން ބޮޑު އެހީ" ގެ ނަތީޖާ ނުފެނުމުގައި ސަބަބުތަކެއް އެބަހުއްޓެވެ.
"މާޒިޔާ އަށް އެކަނި ކިތަންމެ ގިނަ ފައިސާއެއް ދިނަސް މިކަމެއް ނުވާނެކަން މި އެނގެނީ. ފުޓްބޯޅައިގެ އިންވެސްޓްމެންޓަކީ އެހެން ކުރާ ކަމެއް ނޫން. ފުޓްބޯޅަ އަށް އިންވެސްޓް ކުރަނީ އޭގެ ފަހަތުގައި ޕްރޮޖެކްޓެއް އޮވެފައި އެ ޕްރޮޖެކްޓަކަށް. އެ ޕްރޮޖެކްޓް ވާން ޖެހޭނީ ރަނގަޅު ސިސްޓަމެއް އޮތް ޕްރޮޖެކްޓަކަށް،" ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް އިސް މަގާމެއް ކުރިން އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
"މިސާލަކަށް ރާއްޖޭގެ މުޅި ލީގު ވަރުގަދަ ކުރަން އިންވެސްޓް ކުރުން. އެންމެ ކްލަބަކަށް އެކަންޏެއް ނޫން. ފައިސާ ހޭދަކުރަންވީކީއެއް. އެހެން ކްލަބްތައް ވެސް ވަރުގަދަވީމަ. ލީގުގެ ވާދަވެރިކަން ބޮޑުވަނީ."
ރާއްޖޭގެ ލީގުގައި ވާދަވެރިކަމެއް ނެތުމުން، އޭއެފްސީ ކަޕްގައި މާޒިޔާ އަށް ވެސް އޭގެ އަސަރު ކުރާކަމަށް، އެ ޓީމުގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ވެސް ކުރިން ވަނީ ބުނެފަ އެވެ.
އޭއެފްސީ ކަޕް 2013 ގެ ކުއާޓާ ފައިނަލަށް ނިއު ރޭޑިއަންޓް ދަތުރު ކުރި އިރު، އެ ކްލަބްގައި އޭރު މަސައްކަތް ކުރި އޮފިޝަލަކު ބުނީ، އޭއެފްސީ ކަޕް އާ ފޯމެޓްގައި ގުރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭ ޓީމުތައް އަހަރެއްހާ ދުވަސް ކުރިން އެނގިފައި އޮންނަ އިރު ވެސް އެ ކްލަބްތަކާ ވާދަކުރަން އެކަށީގެންވާ ޕްލޭނެއް ރާއްޖޭގެ ފުޓްބޯޅައިގައި ނެތް ކަމަށެވެ.
"އާ ފޯމެޓަށް ގެނައި ބަދަލާ އެކު އިންޑިއާ އާއި ބަންގްލަދޭޝް ފުޓްބޯޅައާ ވާދަކުރަން އެކަށީގެންވާ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރުމުގައި (ރާއްޖެ) ފެއިލްވުން،" މާޒިޔާ އަށް މިފަހަރު ވެސް އޭއެފްސީ ކަޕްގައި ނާކާމިޔާބާ ކުރިމަތިވި ބައެއް ސަބަބުތައް ހާމަކުރަމުން ނިއު ރޭޑިއަންޓްގެ ކުރީގެ އޮފިޝަލް ބުންޏެވެ.
ޑޮމެސްޓިކް ފުޓްބޯޅައިގައި ވާދަވެރި ކަމެއް ނެތުން. ދުރާލާއި ރޭވިގެން ފުޓްބޯޅަ ކެލެންޑަރު ހެދިފައިއެއް ނޯވޭ. ހޯމް ލެގަށް "12" ވަނަ ކުޅުންތެރިޔާ [ސަޕޯޓަރުން] ނެތުން. ވިނިން މެންޓަލިޓީއެއް ނެތް. މިހާރު ބަލިވުމުން އެއްވެސް ކުޅުންތެރިޔަކު ދެރަވެ ހިތާމަކުރާތަނެއް ނުފެނޭ. އެކަމަކު ކުރިން (މެޗަކުން) ބަލިވީމަ އެކަން ފެނޭ."
ނިއު ރޭޑިއަންޓުން 2005 ގައި އޭއެފްސީ ކަޕްގެ ސެމީ ފައިނަށް ދަތުރުކުރި އިރު ރާއްޖެއަކީ މި ސަރަހައްދުން އެންމެ ވާދަވެރި ޑޮމެސްޓިކް ފުޓްބޯޅައެއް އޮތް ގައުމެވެ.. މެދުއިރުމަތީގެ ވަރުގަދަ ކްލަބްތަކާ ދެކޮޅަށް ވެސް ނިއު އިން ވަރުގަދަ އަށް ވާދަ ކުރި އެވެ. ސެމީ އާއި ކުއާޓާ އަށް ދަތުރު ކުރި ދެ ފަހަރު ވެސް އެ ޓީމު ބަލިވީ އެ މުބާރާތުގެ އެ ދެ އަހަރު ވެސް ޗެމްޕިއަންކަން ހޯދި ދެ ޓީމު އަތުންނެވެ.
ފޮޓޯ: ބަޝުންދަރާ ކިންގްސް
މާޒިޔާ އަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދީފި
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާ ފަސޭހައެއް ނުވާނެ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ރާއްޖޭގައި އޮސްކާގެ ޕްލޭން މިފަހަރުވެސް ދިމާނުވި
މާޒިޔާ މޮޅުވެ ވަޅުޖެހިފައިވާ ފުޓްބޯޅައަށް އުންމީދެއް
ވާދަވެރި މެޗުތަކެއް ނުލިބުމުން މިލޯގެ ކަންބޮޑުވުން
ފުޓްބޯޅައިގައި ރާއްޖެއަށްވުރެ ބަންގްލަދޭޝް އޮތީ ކުރީގައި