24 އޮކްޓޯބަރ 2023
އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މާޒިޔާ މިއަދު ބައްދަލުކުރާ އޮޑީޝާ އެފްސީ އަކީ އިންޑިއާގެ މޯހަން ބަގާނަށް ވުރެ ކޮލިޓީ ޓީމެއް ކަމަށާއި، އޮޑީޝާއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށް މާޒިޔާގެ ބޮސްނިއާ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.
އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މާޒިޔާ މިއަދު ބައްދަލުކުރާ އޮޑީޝާ އެފްސީ އަކީ އިންޑިއާގެ މޯހަން ބަގާނަށް ވުރެ ކޮލިޓީ ޓީމެއް ކަމަށާއި، އޮޑީޝާއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށް މާޒިޔާގެ ބޮސްނިއާ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.
ގުރޫޕް ޑީ ގައި އޮޑީޝާ އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ދެ މެޗު ވެސް ކާމިޔާބު ކޮށްގެން އެއްވަނައިގައި އޮތީ މޯހަން ބަގާނެވެ. މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ވަނީ އެއް މެޗު ކާމިޔާބު ކޮށްފަ އެވެ.
"އަހަރެން ދެކޭ ގޮތުގައި އޮޑީޝާ އަކީ މޯހަން ބަގާނަށް ވުރެ ކޮލިޓީ ޓީމެއް. އެމީހުން އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗު ވީމަ އެ މެޗުގައި [މޯހަން ބަގާނާ ދެކޮޅަށް] ބަދުނަސީބު ގޮތެއް ދިމާވީ،" އޮޑީޝާއާ ގުޅޭގޮތުން ކޯޗު މިލޯ ބުންޏެވެ.
"އަހަރެމެންނަށް ގެއްލޭނެ އެއްޗެއް މި މެޗުގައި ވެސް ނެތް. އަހަރެމެންނަށް އޮތީ މެޗުން ލިބޭ ފިލާވަޅުތަކުން ޓީމުގެ ކަންކަން އިތުރަށް ރަނގަޅު ކުރުން. އެންމެ ފަހުން އަހަރެމެން އިންޑިއާގެ ކްލަބަކާ ދެކޮޅަށް ކުޅުނު އިރު ވެސް ފެނުނު ދެ ޓީމު ދެމެދު ބޮޑު ފަރަގެއް އޮތް."
މިލޯ ބުނީ، މޯހަން ބަގާން ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، އޮޑީޝާއާ ދެކޮޅަށް މާޒިޔާ އިން ނަތީޖާ ނެރުން މުހިއްމު ކަމަށެވެ. ނަމަވެސް އޭނާ ބޭނުމީ މާޒިޔާގެ ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ނެތި، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ގޭމެއް ކުޅޭތަން ދެކެން ކަމަށް އޭނާ ބުންޏެވެ.
މާޒިޔާގެ އެއް ކުޅުންތެރިއަކު އަނިޔާގައި ހުރި ނަމަވެސް އެއީ ނަތީޖާ ނުނެރެވިގެން ދައްކާނެ އުޒުރެއް ނޫން ކަމަށް މިލޯ ބުންނެވެ. އޭނާ ބުނީ ގައުމީ ޓީމުގެ 15 ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވެސް ތިބި އިރު ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އިތުބާރު ކުރާ ކަމަށެވެ. އަދި ކުޅުންތެރިއަކަށް އަނިޔާ ވުމަކީ އެއީ ޓީމުގައި ތިބި އެހެން ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބޭ ފުރުސަތެއް ގޮތުގައި ދެކޭ ކަމަށް ވެސް މިލޯ ބުންޏެވެ.
މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ވެސް ވަނީ އިއްޔެ ބުބަނޭޝްވަރުގައި އޮތް ޕްރެސްގައި ބައިވެރި ވެފަ އެވެ.
ސަމޫހު ބުނީ، އިންޑިއާ ޓީމުތަކާ ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ރަނގަޅަށް މަސައްކަތް ކޮށްގެން މެޗު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.
"އިންޑިއާ ޓީމުތައް ވަރަށް އުނދަގޫ، ވަރަށް ވަރުގަދަ. އެކަމަކު އަހަރެމެން، ރާއްޖޭގެ މާޒިޔާގައި މިތިބަ ހުރިހާ ކުޅުންތެރިން ވެސް ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރާނަން،" ސަމޫހު ބުންޏެވެ.
ގައުމީ ޓީމުގެ ވެސް ކެޕްޓަން ސަމޫހު އަނިޔާގައި ހުރުމުން ރާއްޖޭން އެންމެ ފަހުން ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ދެ މެޗުގައި ވެސް އޭނާ އަށް ނުކުޅެވުނެވެ. އޭނާ އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އޮގަސްޓް މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން މާޒިޔާ އިން ބަޝުންދަރާ ކިންގްސް އާއި މޯހަން ބަގާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ.
ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި އޮޑީޝާ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރެވެ.
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
ބަޝުންދަރާ އަތުން ބަލިވެ މާޒިޔާއަށް ޓާގެޓް ހާސިލެއްނުވި
މެޗު އަތުން ދޫވެ މާޒިޔާގެ ބާރު ކެނޑިއްޖެ
ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާ ފަސޭހައެއް ނުވާނެ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ބޮޑު ބައްޔެއްވެ މާޒިޔާ އަށް އުންމީދު ފަނޑުވެއްޖެ
ނޮޓިންހަމްގެ ކުރީގެ ފޯވާޑް އެހީވެ މާޒިޔާ ބަލިކޮށްފި
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ