24 އޮކްޓޯބަރ 2023
އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މިއަދު އިންޑިއާގެ އޮޑީޝާ އެފްސީ އަތުން 6-1 އިން ބަލިވެ، މާޒިޔާ އަށް މުބާރާތުގެ ނޮކައުޓް ބުރަށް ދިޔުމުގެ އުންމީދު ފަނޑުވެއްޖެ އެވެ.
އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މިއަދު އިންޑިއާގެ އޮޑީޝާ އެފްސީ އަތުން 6-1 އިން ބަލިވެ، މާޒިޔާ އަށް މުބާރާތުގެ ނޮކައުޓް ބުރަށް ދިޔުމުގެ އުންމީދު ފަނޑުވެއްޖެ އެވެ.
މާޒިޔާ އަތުން ހޯދި މޮޅަކީ މިއަހަރު އަލަށް އޭއެފްސީ ކަޕް މުބާރާތް ކުޅޭ އޮޑީޝާ މުބާރާތުގެ ތާރީހުގައި ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުގައި އިންޑިއާގެ މޯހަން ބަގާން އަތުން 4-0 އިން ބަލިވެފައި ވާއިރު، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވީ 3-2 އިންނެވެ.
މާޒިޔާ ފުރަތަމަ މެޗުގައި ގަލޮޅު ދަނޑުގައި ބަޝުންދަރާ ކިންގްސް 3-1 އިން ބަލިކުރި ނަމަވެސް އިންޑިއާގައި ކުޅުނު ދެ މެޗުން ވެސް މިވަނީ ބަލިވެފަ އެވެ. މި މެޗުގެ ކުރިން ކޮލްކަތާގައި މޯހަން ބަގާން އަތުން ބަލިވީ 2-1 އިންނެވެ.
މި ގުރޫޕުގައި މިއަދުގެ ދެވަނަ މެޗުގައި މޯހަން ބަގާނާއި ބަޝުންދަރާ ކިންގްސް މިރޭ ބައްދަލުކުރާނެ އެވެ. އެ މެޗަށް ފަހު ކޮންމެ ޓީމަކަށް ވެސް ގުރޫޕުގައި ދެން އޮންނާނީ ތިން މެޗެވެ. ނޮކައުޓް ބުރަށް ދާނީ ގުރޫޕްގެ އެއްވަނަ ހޯދާ ޓީމެކެވެ.
މާޒިޔާގެ ހަމްޒާ މުހައްމަދު ބޯޅަ ކުރިއަށް ފޮނުވާލަނީ، އޭނާ ވަނީ މިއަދުގެ މެޗުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައި.-- ފޮޓޯ: އޭއެފްސީ
އޮޑީޝާ އިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. ތިންވަނަ މިނިޓުގައި ނެގި ހުރަހެއްގެ ބޭނުން ހިފައި މި ގޯލު ޖަހައިދިނީ ލަލްތަތަންގާ ކައުލަރިން އެވެ. އޭގެ 10 މިނިޓް ފަހުން މާޒިޔާ އަށް ކުޅޭ ސާބިއާގެ މިޑްފީލްޑަރު ބްރަނިމިއޭ ޖޮސިޗް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ކާލޯސް ޑަލްގާޑޯ ވަނީ އޮޑީޝާ އަށް އަލުން ލީޑު ހޯދައިދީފަ އެވެ.
ފުރަތަމަ ހާފު ނިންމާލީ 19 ވަނަ މިނިޓުގައި މޯޓަޑާ ފޯލް ކާމިޔާބު ކޮށްދިން ލަނޑަކާ އެކު އޮޑީޝާ އިން ދެ ގޯލުގެ ލީޑެއް ހޯދައިގެންނެވެ.
ދެވަނަ ހާފު ފެށިގެން މާޒިޔާ އިން ކުޅުން ރަނގަޅުކޮށް ގޯލު ޖަހަން ފުރުސަތު ވެސް ހޯދި އެވެ. ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅުނިކޮށް 58 ވަނަ މިނިޓުގައި އަމޭ ރަނަވާޑޭ ވަނީ އޮޑީޝާ އަށް ހަތަރުވަނަ ގޯލެއް ޖަހައިދީ މި ހާފުގައި ވެސް ކޮންޓްރޯލް ނަގައިފަ އެވެ. އޭގެ ހަތަރު މިނިޓު ފަހުން އެޓީމުގެ ފަސްވަނަ ގޯލު ޖަހައިދިނީ އިސާކް ވަންލަލްރުއާތުފެލާ އެވެ.
އޮޑީޝާގެ ހަވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ޖަހައިދިނީ ސާހިލް ޕާންވަރެވެ.
އޮޑީޝާ ކުޅުންތެރިން މާޒިޔާ ކޮޅަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ވަނީ އަނިޔާއިން ރަނގަޅުވެގެން މިއަދުގެ މެޗުގައި ފުލް ކޮށް ކުޅެފަ އެވެ.
މި މެޗުގެ ކުރިން އޭނާ އެންމެ ފަހުން ކުޅެފައި ވަނީ އޮގަސްޓް މަހު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. އަނިޔާގެ ސަބަބުން ބަޝުންދަރާ ކިންގްސް އާއި މޯހަން ބަގާނާ ދެކޮޅަށް އޭނާ އަށް ނުކުޅެވުނެވެ.
މިއަދުގެ ބައްޔަކީ މާޒިޔާ އޭއެފްސީ ކަޕްގައި މާޒިޔާއަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ. މީގެ ކުރިން މުބާރާތުގައި ފަސް ގޯލުގެ ތަފާތަކުން އެޓީމު ބަލިވެފައެއް ނުވެ އެވެ. ބެންގަލޫރު އެފްސީ އަތުން 2021 ވަނަ އަހަރު ގަލޮޅު ދަނޑުގައި 6-2 އިން ބަލިވެފައި ވާއިރު، 2014 ވަނަ އަހަރު ވިއެޓްނާމްގެ ހަނޯއީގައި، ހަނޯއީ ޓީއެންޑްޓީ އަތުން ބަލިވީ 5-1 އިންނެވެ.
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
ބަޝުންދަރާ އަތުން ބަލިވެ މާޒިޔާއަށް ޓާގެޓް ހާސިލެއްނުވި
މެޗު އަތުން ދޫވެ މާޒިޔާގެ ބާރު ކެނޑިއްޖެ
ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާ ފަސޭހައެއް ނުވާނެ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
އޮޑީޝާ އަކީ މޯހަން ބަގާނަށް ވުރެ ކޮލިޓީ ޓީމެއް: މިލޯ
ނޮޓިންހަމްގެ ކުރީގެ ފޯވާޑް އެހީވެ މާޒިޔާ ބަލިކޮށްފި
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ