02 އޮކްޓޯބަރ 2023
އިނގިރޭސި ޕްރިމިއާ ލީގުގެ މިހާރުގެ ކްލަބް ނޮޓިންހަމް ފޮރެސްޓަށް ކުރިން ކުޅުނު ޖޯސަން ކަމިންގްސްގެ ދެ ލަނޑުން، މޯހަން ބަގާންއިން 2-1 މާޒިޔާ ބަލިކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މިހާރުގެ ކްލަބް ނޮޓިންހަމް ފޮރެސްޓަށް ކުރިން ކުޅުނު ޖޯސަން ކަމިންގްސްގެ ދެ ލަނޑުން، މޯހަން ބަގާންއިން 2-1 މާޒިޔާ ބަލިކޮށްފި އެވެ.
އޭއެފްސީ ކަޕްގައި، މިރޭ ކަލްކަތާގައި ކުޅުނު މެޗަށް މާޒިޔާ އާއި މޯހަން ބަގާން ނުކުތީ، އެ ދެ ޓީމު ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްގެން ހޯދި ތިން ޕޮއިންޓާ އެކު އެވެ. މިދިޔަ މަހުގެ 18 ގައި މާޒިޔާއިން ވަނީ މާލޭގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ މައްޗަށް 3-1 ން މޮޅުވެފަ އެވެ.
ބަގަންގެ ފުރަތަމަ މެޗުގައި ބުނަބޭޝްޥަރުގައ ކުޅެ އޮޑިޝާގެ މައްޗަށް ކާމިޔާބު ހޯދީ 4-0 ންނެވެ.
އިންޑިއާގެ ފުޓްބޯޅައިގައި އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް، މޯހަން ބަގާނާ ދެކޮޅަށް މާޒިޔާ އަށް މެޗުގެ ބޮޑު ބައެއްގައި ކުޅެން ޖެހުނީ ޑިފެންސިވް ގޭމެކެވެ.
ފުރަތަމަ ހާފުގައި ކަމިންގްސް ބަގާން އަށް ލީޑް ނަގައި ދިނީ 28 ވަނަ މިނެޓްގައި ހޫގޯ ބޯމަސް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ހާފުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓްގައި މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓޮމޮކީ ވާޑާ އެވެ. އޭނާ ލަނޑު ޖެހީ ރޭގަން އޮބެން ދިން ބޯޅައިންނެވެ.
ދެވަނަ ހަފުގައި ބަގާންއިން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ތިބެ އެވެ. އޭގެ ސަބަބުން އެ ޓީމުގެ ހަމަލާތައް ގިނަ ވި އެވެ. ޓީމުގެ އެޓޭކުގައި ކަމިންގްސް އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައި ހަދައި ގިނަ ހަމަލާތަކެއް ބަގާންއިން ދިޔައީ މާޒިޔާ އަށް ނުރައްކާ ކުރަމުންނެވެ.
ސްކޮޓްލެންޑްގެ ގައުމީ ޓީމަށް ޔޫތު ކެޓަގަރީގައި ކުރިން ކުޅުނު ކަމިންގްސް ވަނީ އޭނާގެ ރަށްވެހިކަން އޮސްޓްރޭލިއާ އަށް ބަދަލުކޮށް އެ ގައުމުގެ ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. އޭނާ ލިސްޓްކޮށްފައި ވަނީ އޭޝިއާގެ ކުޅުންތެރިޔެއްގެ ސްޕޮޓްގަ އެވެ.
މެޗުގެ ފަހު 20 މިނެޓަށް އެޅުނު ފަހުން މާޒިޔާގެ ކުޅުންތެރިން ކުޅެމުން ދިޔައީ މެޗު އެއްވަރުކޮށްލުމުގެ ވިސްނުމުގައި ކުޅޭ ގޮތަށެވެ. ވަގުތު ދުއްވާލުމުގެ އުކުޅުތައް ބޭނުންކޮށްގެން މޯހަން ބަގާން އަށް ގޭމް ކުޅުމުގެ ފުރުސަތު ކުޑަ ކުރަން މާޒިޔާއިން މަސައްކަތް ކުރި އެވެ.
މެޗުގެ 90 މިނެޓަށް އެޅުނު އިރު ވެސް ނަތީޖާ އޮތީ ހަމަހަމަކޮށެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ކަމިންގްސް ބަގާން މޮޅުކޮށް ދިން ލަނޑު ޖެހި އެވެ. އެއީ ސާހިލް އަބްދުއް ސޮމަދު ތަނަވަސްކޮށް ފުރުސަތެއްގައި ޖެހި ލަނޑެކެވެ.
މި ގުރޫޕްގައި ހިމެނޭ ބަޝުންދަރާއިން ވަނީ އޮޑިޝާގެ މައްޗަށް މިއަދު 3-2 ން މޮޅުވެފަ އެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައި މޯހަން ބަގާން އޮތީ އެއްވަނައިގަ އެވެ. މި ގުރޫޕުން އަނެއް ބުރަށް ދާނީ ގުރޫޕްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
ބަޝުންދަރާ އަތުން ބަލިވެ މާޒިޔާއަށް ޓާގެޓް ހާސިލެއްނުވި
މެޗު އަތުން ދޫވެ މާޒިޔާގެ ބާރު ކެނޑިއްޖެ
ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާ ފަސޭހައެއް ނުވާނެ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ބޮޑު ބައްޔެއްވެ މާޒިޔާ އަށް އުންމީދު ފަނޑުވެއްޖެ
އޮޑީޝާ އަކީ މޯހަން ބަގާނަށް ވުރެ ކޮލިޓީ ޓީމެއް: މިލޯ
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ