Roadha Mihaaru
ޖޭޕީގެ 13 މަގާމެއް ހުސް، ކުރިމަތިލާން ހުޅުވާލައިފި

ޖޭޕީގެ 13 މަގާމެއް ހުސްވެއްޖެ، ކުރިމަތިލާން ހުޅުވާލައިފި

22 ނޮވެމްބަރ 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ 13 މަގާމަކަށް ކުރިމަތިލާން މިއަދު އެ ޕާޓީން ހުޅުވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ 13 މަގާމަކަށް ކުރިމަތިލާން މިއަދު އެ ޕާޓީން ހުޅުވާލައިފި އެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޕާޓީގެ އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ނިންމާފައިވާ ކަމަށާއި އެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕާޓީގައި ހުސްވެފައިވާ މަގާމުތަކުގެ ތެރޭގައި ޑެޕިއުޓީ ލީޑަރު ކަމާއި އަންހެނުންގެ ލީގުގެ ރައީސާއި ޒުވާނުންގެ ލީގުގެ ރައީސް ހިމެނެ އެވެ.

ގައުމީ ކޮންފަރެންސުން އިންތިހާބު ކުރާ 25 މަގާމުތަކުގެ ތެރެއިން 8 މަގާމެއް ހުސްވެފައިވާ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ދެން ހިމެނެނީ އެކިއެކި ދާއިރާތަކާ ގުޅޭ ކޮމިޓީތަކުގެ ޗެއާގެ މަގާމުތަކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީ އަށް ކުރިމަތިވި ނާކާމިޔާބީއާ އެކު، އެ ޕާޓީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެ ސަރުކާރު ހިންގާ ޕީޕީއެމާއި ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި ޖޭޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވެސް ހިމެނެ އެވެ.