Roadha Mihaaru
ކުރީގެ ނައިބު ރައީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި

ކުރީގެ ނައިބު ރައީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި

21 ޖެނުއަރީ 2024

މީގެ 16 އަހަރު ކުރިން ޖުމްހޫރީ ޕާޓީ އުފެއްދީއްސުރެ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީގެ 16 އަހަރު ކުރިން ޖުމްހޫރީ ޕާޓީ އުފެއްދީއްސުރެ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވަނީ، ފައިސަލްގެ އިސްތިއުފާގެ ސިޓީ ލިބުނުކަން ޔަގީން ކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ފައިސަލްގެ ހިދުމަތަށް ގާސިމް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ފައިސަލް، ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ރައްޔިތުންގެ ހާއްސަ މަޖިލިހުން 2004 ވަނަ އަހަރު އެވެ.

އޭގެ ފަހުން، ނައިބު ރައީސްކަމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނު ހުންނެވީ ކާށިދޫ ދާއިރާގެ ޖޭޕީގެ މެމްބަރަކަށެވެ.

އެތައް އަހަރަކަށް ފަހު ފައިސަލް ޖޭޕީން ވަޑައިގެންނެވިއިރު، އެ މަނިކުފާނާއި ޖޭޕީގެ ލީޑަރު ގާސިމާ މެދު މާ ބޮޑު ގުޅުމެއް ނެތެވެ. ނައިބު ރައީސްގެ މަގާމުގައި ފައިސަލް ހުންނެވިއިރު އެ ޕާޓީގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.