28 ފެބުރުއަރީ 2023
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ހަތަރުވަނަ ކޮންގްރެސް މިދިޔަ ހަފުތާ ބަންދުގައި ނިންމާލިއިރު، މީޑިއާގެ ސަމާލުކަމަށް އައި އެއް ކަމަކީ އެ ކޮންފަރެންސްގެ އެއްވެސް ހިސާބަކުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ނައިބު ރައީސް ފައިސަލް ނަސީމް ފެންނަ ނެތުމެވެ. ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ދައުލަތުގެ އެހާ އިސް ބޭފުޅަކު އެފަދަ މުހިންމު ބައްދަލުވުމަކުން ފެންނަން ނެތުމުން އެ ވާހަކަ ދައްކާނެ އެވެ. އެކަމަކު، ފައިސަލް ކޮންގްރެސް އަށް ވަޑައިނުގަތުމާއި ވަޑައިގަތުން ގުޅިފައި އޮތީ އެނގިފައިވާ ގޮތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް މައްޗަށެވެ. އެ ގުޅުން ހީނަރުވެފައިވާތާ ކިތަންމެ ދުވަހެކެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ހަތަރުވަނަ ކޮންގްރެސް މިދިޔަ ހަފުތާ ބަންދުގައި ނިންމާލިއިރު، މީޑިއާގެ ސަމާލުކަމަށް އައި އެއް ކަމަކީ އެ ކޮންފަރެންސްގެ އެއްވެސް ހިސާބަކުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ނައިބު ރައީސް ފައިސަލް ނަސީމް ފެންނަ ނެތުމެވެ. ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ދައުލަތުގެ އެހާ އިސް ބޭފުޅަކު އެފަދަ މުހިންމު ބައްދަލުވުމަކުން ފެންނަން ނެތުމުން އެ ވާހަކަ ދައްކާނެ އެވެ. އެކަމަކު، ފައިސަލް ކޮންގްރެސް އަށް ވަޑައިނުގަތުމާއި ވަޑައިގަތުން ގުޅިފައި އޮތީ އެނގިފައިވާ ގޮތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް މައްޗަށެވެ. އެ ގުޅުން ހީނަރުވެފައިވާތާ ކިތަންމެ ދުވަހެކެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި 2018 ގައި ހެދި ކޯލިޝަންގައި ޖޭޕީގެ ސްލޮޓްގައި ރަނިންމޭޓަކު ކަނޑައެޅުމުގެ މަރުހަލާ ހިސާބުން އެ ގުޅުން ހީނަރުވާން ފަށަައިފި އެވެ. ރަނިންމޭޓް ކަނޑައެޅުމުގެ ވޯޓުގެ ކުރިން ކުއްލި ގޮތަކަށް ގާސިމް ވަނީ ފައިސަލަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފަ އެވެ. އެ ވާހަކަ މީޑިއާގެ ސުރުހީތަކުގައި އޭރު ވެސް އޮތެވެ. ގާސިމްގެ އެ ނިންމުން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި އެތައް ބަޔަކަށް ފެންނަ ގޮތަށް ކުރެއްވި ޓުވީޓަކުންނެވެ.
އެކަމަކު، ރަނިންމޭޓް ކަނޑައަޅަން ޖޭޕީގެ ކައުންސިލްގައި ޖުލައި 13، 2018 ގައި ނެގި ވޯޓުގައި އެއް ވޯޓުގެ ތަފާތުން ފައިސަލް ދެމިގަތީ އެވެ. އޭގެ ފަހުން ފެންނަ ފެނުމާއި އިވޭ ވާހަކަތަކަށް ބަލާއިރު ގާސިމާއި ފައިސަލާ ދެމެދު މާ ބޮޑު ގުޅުމެއް ނެތެވެ. ފައިސަލަކީ ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކަސް އެންމެ ދުވަހަކުން އެ ގުޅުން ހީނަރުވެއްޖެ އެވެ.
އޭގެ ފަހުން ޖޭޕީގެ ހަރަކާތްތަކުން ފައިސަލް ފެނުން މަދުވެ، އެންމެ ފަހުން އެކަން އެއްކޮށް ހުއްޓުނީ އެވެ. މި ފަހަރުގެ ކޮންގްރެސް އެކަންޏެއް ނޫނެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކައުންސިލްގެ އެއްވެސް ބައްދަލުވުމަކަށް ވަޑައެއް ނުގަންނަވަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއި ގާސިމް: ގުޅުން ރަނގަޅެއް ނޫން.
"ގާސިމްގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާތީ ފައިސަލް މި ހުރިހާ ދުވަހު ހުންނެވީ ދުރުގައި. ދެ ބޭފުޅުން އާންމުކޮށް ގުޅުއްވައެއް ނުހައްދަވާ. ޖޭޕީގެ ބޭފުޅެއްގެ ގޮތުގައި ނައިބު ރައީސް ހުންނެވިޔަސް ޕާޓީއަކާ ގުޅުމެއް ނެތް. ގާސިމާ އެހާ ބޮޑަށް ދުރުވީމާ ފައިސަލް ވެސް މިހާތަނަށް ދުރުގައި ހުންނެވީ ކަމަށް ބޮޑަށް ބެލެވެނީ،" ފައިސަލްގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
"އެހެންވެ ކޮންގްރެސް އަށް އަދި ފައިސަލް ވަޑައިނުގަތުމަކީ މައްސަލައެއް ނޫން ކަން ނޭނގޭ. ޕާޓީގެ އެތެރެއިން އެހާ ބޮޑު އެއްބާރުލުމެއް ލިބޭނީކީ ނޫން."
ކޮންގްރެސްގެ ދައުވަތު ޖޭޕީން ފައިސަލަށް ފޮނުވި ކަމަށް ވެ އެވެ. އެކަމަކު، ފައިސަލްގެ އަރިސް ބޭފުޅާ ވިދާޅުވިގޮތުގައި ދައުވަތު ފޮނުއްވާފައި އޮތް ކަން އެނގިވަޑައިގަތީ ހުކުރު ދުވަހުގެ ރޭ [ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ނިމުނު ފަހުން] ވަރަށް ލަސްވި ފަހުންނެވެ. އެހެންވެ، ގާސިމަށް މެސެޖު ކުރައްވައި އެ ވާހަކަ ފައިސަލް ދެންނެވި ކަމަށް ވެ އެވެ. ގާސިމް އެ މެސެޖަށް ޖަވާބެއް ނުދެއްވަ އެވެ.
"އެއްގޮތަކަށް ވެސް ބަލިވެ އުޅުއްވާތީ ވަޑައިނުގެންނެވުނީއޭ ވިދާޅެއް ނުވޭ. މެސެޖަކު އެ ގޮތަށް ނޯންނާނެ،" ކޮންގްރެސް އަށް ވަޑައިނުގަތީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވި ކަމަށް ބުނެ ފެތުރޭ ވާހަކަތަކާ ގުޅިގެން ފައިސަލްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ކޮންގްރެސް ހިނގަމުން ދިޔަ މުއްދަތުގައި ވެސް ސަރުކާރުގެ ބައެއް ހަފުލާތަކުން ފައިސަލް ފެނުނެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ ޖޭޕީގެ ހަރަކާތްތަކާ ފައިސަލް ދުރުގައި ހުންނެވި ފުރަތަމަ ފަހަރެއް ނޫނެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް އަދި ގާސިމް.
"ދެ ބޭފުޅުން ބައްދަލުވެ ކަންކަމުގައި މަޝްވަރާއެއް ނުކުރައްވައި، ޖޭޕީގެ ހަރަކާތްތަކުން ފައިސަލް ވަނީ މުޅިން ދުރަށް ޖެހިފަވަޑައިގެންފައި،" އޭނާ ވިދާޅުވި އެވެ.
އެހެން އޮއްވައި މި ފަހުން ވަނީ ފައިސަލާއި ޖޭޕީއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެފަ އެވެ. އެއީ ޖޭޕީން ވަކި ގޮތެއް ނުނިންމަނީސް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ފައިސަލް ނިންމެވި ހިސާބުންނެވެ.
އެކަން އިއުލާން ކުރައްވައި ބައެއް މީޑިއާތަކަށް ޚަބަރު އެރުމާއެކު ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ފާޅުގައި ނިކުމެ ފައިސަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ޕާޓީގެ ތެރެއިން ބައެއް ބޭފުޅުން ފައިސަލަށް ފިޔަވަޅު އެޅުމަށް ވެސް މަސައްކަތް ކުރެއްވި އެވެ. ކައުންސިލްގެ ނިންމުމެއް ނެތި އެފަދަ އިއުލާނެއް ޖޭޕީގެ އިސް ބޭފުޅަކަށް ކުރެއްވުމުން ގިނަ މެންބަރުންތަކެއް ފައިސަލް ކުށްވެރި ކުރެއްވި އެވެ. އެ ބޭފުޅުންގެ ވިސްނުމުގައި ފައިސަލް އެފަދަ ނިންމުމެއް ނިންމަވަން ޖެހޭނީ ޖޭޕީން އިސްތިއުފާ ދެއްވައިފަ އެވެ.
ޖޭޕީގެ ހަތަރުވަނަ ކޮންގްރެސްގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: އެ ކޮންގްރެސް އަށް ނައިބު ރައީސް ވަޑައިނުގަތްކަން އެތައް ބަޔަކު ފާހަގަކުރި.
ޖޭޕީގެ ގައުމީ ކޮންފަރަންސް ބޭއްވީ އެ މައްސަލަގަނޑު. މުޅިން ނުހިނދެނީސް އެވެ.
"އެއްގޮތަކުން ބަލައިފިއްޔާ ރަނގަޅު ކަން ނޭނގޭ ޖޭޕީގެ ކޮންގްރެސް އަށް ފައިސަލް ވަޑައިނުގަތުން ވެސް. ފައިސަލް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވައިގެން. އަނެއްކޮޅުން ޖޭޕީގެ އިސް ބައެއް ބޭފުޅުން ކޮންގްރެސްގައި މަސައްކަތް ކުރެއްވީ އެ ޕާޓީން ވަކިން އިންތިހާބެއް ނުކުންނަން ނޫނީ ޕާޓީ އިސްވެ ކޯލިޝަނެއް ހަދަން،" ފައިސަލާއެކު ވަރަށް ދުވަސް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
"އެ ރޫހު އޮތް ތަނަކަށް ފައިސަލް ވަޑައިގެންފިއްޔާ ވެސް ގޯސްވެދާނެ. އެ ފުރުސަތު އޮންނާނެ."
ފައިސަލާއި ގާސިމާ ދެމެދު ގުޅުން ހީނަރުވެފައި އޮތަސް އެ ކަން ފާޅުގައި އެއްވެސް ބޭފުޅަކު ނުދައްކަވަ އެވެ. ފައިސަލް މީޑިއާ އާއި ދައްކަވާ އެހެން ވާހަކަފުޅުތަކުގައި ވެސް ގާސިމަށް ތައުރީފު ކުރައްވާފައި ވެ އެވެ. ޖޭޕީގައި "ނަމެއްގަައި" ހުންނެވި ނަމަވެސް އަދި ހިތްޕުޅުހަމަޖެހިވަޑައިނުގަތުން އޮތަސް އެކަން ފާޅެއް ނުކުރައްވަ އެވެ. ގާސިމް ވެސް ހިތުގައި އޮތް ވާހަކަތަކެއް ފައިސަލާ ގުޅޭ ގޮތުން ވިދާޅެއް ނުވެ އެވެ.
ފައިސަލް ވަރަށް ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ގާސިމާ ދެމެދު އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ، ގާސިމާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ނޫން އަޅުގަނޑާ ޖުމްހޫރީ ޕާޓީގެ ލީޑަރާ ހަމަ އެއްވެސް މައްސަލައެއް ނެތް. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ގުޅުން ވަރަށް ރަނގަޅު. އެނގިވަޑައިގަންނަވާނެ އުމުރުގެ ބޮޑު ބައި އަޅުގަނޑު ހޭދަކުރީ ލީޑަރު ގާސިމް އިބްރާހިމް އަރިހުގައި. ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެއްވުނީ އެކިއެކި ސްޓޭޖްތަކުގައި. ދުވަހަކު ވެސް ގުޅުން ގޯހެއް ވެސް ނުވާނެ. އެއީ ގޯސްނުވާހާ ގާތުން އެއްކޮށް އުޅެވިފައި ހުރީ،" ފައިސަލް ވިދާޅުވި އެވެ.
އެކަމަކު، ފައިސަލް ދަންނަ އަދި އެންމެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ މީޑިއާގައި ވިދާޅުވާ ވާހަކައެއް ކަމަށެވެ. ގާސިމަށް ކުރައްވާ އިހުތިރާމަށްޓަކައި ގާސިމާ "ޖެހިވަޑައިގަތުމަށް" ފައިސަލް ބޭނުންފުޅު ނުވާތީ މީޑިއާގައި ވިދާޅުވާ ވާހަކަތަކެވެ.
މުޅި ކޮންގްރެސްގެ ރޫހު ހުރި ގޮތަށް ބަލާއިރު އޮތީ ސަރުކާރާ ދެކޮޅު ފިކުރެވެ. ރިޔާސީ އިންތިހާބާ މެދު ގޮތް ނިންމުމުގެ ގަރާރުގެ ބަހުސް މަރުހަލާގައި 400 އެއްހާ މެމްބަރުން އެކަން ދަރުބާރުގޭގައި ދައްކައިލި އެވެ. އަދި ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވެސް އޮތީ އެ ރޫހެވެ. ސަރުކާރަށް ފާޑުކިޔުމެވެ.
"އެ މާހައުލުގައި ދައުލަތުގައި ދެވަނަ އަށް އެންމެ އިސްވެރިޔާ އިންނެވި ނަމަ އެހާ ފަސޭހަ ނުވީސް،" ފައިސަލްގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.
ޖޭޕީގެ ގައުމީ ކޮންފަރްންސް މުޅި ރޫހު އޮތީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެހާ ތާއީދު ކުރާ ގޮތަކަށް ނޫނެވެ. ބައެއް މިނިސްޓަރުން ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވި ނަަމަވެސް ގާސިމް ވާހަކައިގެ އެއްވެސް ހިސާބެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ނައިބު ރައީސް ފައިސަލަށް ޝުކުރެއް ތައުރީފެއް ނެތެވެ. އެހެންވެ، އެފަދަ ރޫހެއް އަދި މިދިޔަ ހަތަރު އަހަރު ދުވަހު ވަޑައިނުގަންނަވާ ތަނަކަށް ވަޑައިގަތުން އެންމެ ރަނގަޅުތޯ އެއީ ވެސް ސުވާލެކެވެ.
ގާސިމާ ބައްދަލުކުރައްވަން ނައިބުރައީސް ސަން އައިލެންޑަށް
ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް
ޖޭޕީގެ އެތެރެއިން ފެނުނީ އިދިކޮޅު ބާރެއް!
ޖޭޕީން ކެންޑިޑޭޓަކު ނެރެން ގޮވާލާ ގަރާރު ފާސްކޮށްފި
ނައިބު ރައީސްގެ ނިންމެވުމާ މެދު ޖޭޕީ ހިތްހަމަނުޖެހިއްޖެ
ފައިސަލް އަށް ކުރެއްވި ތާއީދު ގާސިމް ގެންދަވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް