08 ފެބުރުއަރީ 2017
ދިމިޝްގު (ފެބްރުއަރީ 8) - ސީރިއާ ސަރުކާރު ފަހުން ނަމަވެސް ހާޒިރުކޮށްފާނެ ބައިނަލްއަގުވާމީ ޓްރައިބިއުނަލަކަށް ވުރެ ހަނގުރާމައިގެ ތެރޭން ސީރިއާ ދިފާއު ކުރުން މާ މުހިންމު ކަމަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.
ދިމިޝްގު (ފެބްރުއަރީ 8) - ސީރިއާ ސަރުކާރު ފަހުން ނަމަވެސް ހާޒިރުކޮށްފާނެ ބައިނަލްއަގުވާމީ ޓްރައިބިއުނަލަކަށް ވުރެ ހަނގުރާމައިގެ ތެރޭން ސީރިއާ ދިފާއު ކުރުން މާ މުހިންމު ކަމަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.
ބެލްޖިއަމްގެ މީޑިއާއަކަށް އަސަދު އިންޓަވިއު ދެއްވިއިރު ސީރިއާގެ ޖަލެއްގައި 13،000 މީހުން ދަންޖައްސައިގެން މަރާފައިވާ ކަމަށް އެމްނެސްޓީ އިންޓަނެޝަނަލް އިން ވަނީ ބުނެފަ އެވެ.
އަސަދުގެ އިންޓަވިއުގެ ބައިތައް ވަނީ ރަސްމީ ނޫސް އެޖެންސީ ސަނާގައި ވެސް ޝާއިއުކޮށްފަ އެވެ. އަސަދު ވަނީ އދ. ގެ މުއައްސަސާތަކުން ސީރިއާއާ މެދު ކަންތައް ކުރަނީ ވަރަށް ބޭއިންސާފުން ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އެންމެންނަށް އެނގޭ އދ. ގެ މުއައްސަސާތައް ވަކިކޮޅަކަށް ޖެހިފައިވާކަން. އެތަންތަން އިންސާފުވެރި ނުވަނީ އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތުގެ ނުފޫޒާ ހެދި،" އަސަދު ވިދާޅުވި އެވެ. "އދ. އިން ކުރިއަށް ގެންދަނީ މި ގައުމުތަކުގެ އެޖެންޑާ."
ހޭގުގައި ހުންނަ އދ.ގެ ކޯޓުގައި އަސަދުގެ މައްސަލަ ބަލައިފާނެތީ ކަންބޮޑުވޭތޯ ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ އޭނާ އާއި ސީރިއާގެ އެހެން އެއްވެސް އޮފިޝަލެއް އެކަމާ އެއްވެސް ޖެހިލުމެއް ނުވާ ކަމަށެވެ.
"ކޮންމެ މާނައެއްގައި ވެސް ގައުމު ދިފާއު ކުރަން ޖެހޭ. އެ ކޯޓާ މެދު އަޅުގަނޑުމެން ފަރުވާލެއް ނުބަހައްޓަން،" އަސަދު ވިދާޅުވި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީން ޑިސެމްބަރު މަހު ވަނީ ސީރިއާ ހަނގުރާމައިގެ ކުށްތަކާ ބެހޭ ހެކި ހޯދުމަށް އެއްބަސްވެފަ އެވެ. މިއީ ސީރިއާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކަށް ޒިންމާވާ މީހުންނާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރަތަމަ މަރުހަލާ އެވެ. ސީރިއާގެ ސަފީރު ވިދާޅުވެފައި ވަނީ މިއީ މިނިވަން ގައުމެއްގެ ދާޚިލީ ކަންކަމާ އދ. އިން ބެހުން ކަމަށެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ މާޗު، 2011 ގަ އެވެ. ހަނގުރާމައިގައި މިހާތަނަށް 310،000 މީހުން މަރުވެފައިވާ އދ. އިން ވަނީ ބުނެފަ އެވެ.
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
ބައްޝާރު ހުންނެވީ ރަޝިޔާގައި