Roadha Mihaaru
ބައްޝާރު ވެއްޓުނަސް ހަނގުރާމައެއް ނުނިމޭ: އދ

ބައްޝާރުގެ ވެރިކަން ވެއްޓުނަސް ސީރިއާގެ ހަނގުރާމައެއް ނުނިމޭ: އދ

18 ޑިސެމްބަރ 2024

ސީރިއާގެ ރައީސްކަމުން ބައްޝާރުލް އަސަދު ވަކިވިޔަސް އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ނާންނަ ކަމަށް އދ. އިން ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އިއްޔެ އިންޒާރު ދެއްވައިފި އެވެ.

ސީރިއާގެ ރައީސްކަމުން ބައްޝާރުލް އަސަދު ވަކިވިޔަސް އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ނާންނަ ކަމަށް އދ. އިން ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އިއްޔެ އިންޒާރު ދެއްވައިފި އެވެ.

އދ. އިން ސީރިޔާއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ސަލާމަތީ ގެއިރް ޕެޑަސަން މަޖިލީހުގައި ވަނީ އިޒްރޭލުން "ހިފާފައިވާ ސީރިއާގެ ގޯލާންގައި ވަޒަންވެރިވުމުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް" ވެސް ގޮވާލައްވައިފަ އެވެ. އަދި މިއީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަގުތު ކަމަށް ވިދާޅުވި އެވެ.

"ފާއިތުވި ދެ ހަފުތާގެ ތެރޭގައި، ހަނގުރާމަ ހުއްޓާލުމުގެ ކުރިން ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގައިފި... ފަސް ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް ކަނޑައެޅި ވަގުތު މިހާރު ހަމަވެފައިވާ އިރު، ހަނގުރާމައިގެ އަމަލުތައް ހިނގަމުންދާ ކަމުގެ ރިޕޯޓްތަކާ މެދު އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

"މިފަދަ ހަލަބޮލިކަމެއް އުފެދުމަކީ ބޮޑު ނުރައްކަލަކަށް ވެދާނެ."

ޕެޑަސަން ވިދާޅުވީ ސީރިއާގެ ވެރިކަން ހޯދި އާ ލީޑަޝިޕާ ބައްދަލުކުރެއްވި ކަމަށާއި ބައްޝާރުގެ ސަރުކާރުން ހިންގި އަނިޔާވެރި ސައިދްނާޔާ ޖަލަށް ވެސް ވަޑައިގެން އެތައް ބައްލަވާފައިވާ ކަމަށެވެ.

ދިމިޝްގު ހިފުމުގައި އިސްކޮށް ހަރަކާތްތެރިވި ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އާ މެދު ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ވިސްނުމަށް ބަދަލުތަކެއް އައިސްފައި ވިޔަސް އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލައި ބެލުން ދޫކޮށެއް ނުލަ އެވެ. އެޗްޓީއެސް އަކީ އަލްގައިދާގެ ސީރިއާ ގޮފިން އުފެދިގެން އައި ޖަމާއަތެކެވެ.