22 ޑިސެމްބަރ 2016
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 22) - ސީރިއާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި ހޯދުމަށް ޕެނަލެއް އުފެއްދުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްފި އެވެ.
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 22) - ސީރިއާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި ހޯދުމަށް ޕެނަލެއް އުފެއްދުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްފި އެވެ.
މިއީ ހަ އަހަރުވީ ސީރިއާ ހަނގުރާމައިގެ ޖަރީމާތަކާ ޒިންމާވާ މީހުންގެ މައްޗަށް ދައުވާ ކުރަން އަޅާ ފުރަތަމަ ފިޔަވަޅެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ 193 ގައުމުގެ ތެރޭން ޕެނަލް އުފެއްދުމަށް ވަނީ 105 ގައުމުން ތާއީދުކޮށްފަ އެވެ. ދެކޮޅު ހަދާފައި ވަނީ 15 ގައުމުންނެވެ. އަދި ވަކިކޮޅަކަށް 52 ގައުމުން ވޯޓެއް ނުދެ އެވެ. ގަރާރާ ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ސީރިއާގެ އެކުވެރިން ކަމަށްވާ ރަޝިޔާ، ޗައިނާ އަދި އީރާން ހިމެނެ އެވެ. ލެއިޓެންސްޓެއިން އިން ހުށަހެޅި ގަރާރު ވަނީ 58 ގައުމަކުން ކޯ-ސްޕޮންސާ ކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަން ހިމެނެ އެވެ.
ސީރިއާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ތަހުގީގު ކުރަން 2014 ވަނަ އަހަރު ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ވަނީ ރަޝިޔާ އާއި ޗައިނާ އިން ހުއްޓުވައިފަ އެވެ.
ސީރިއާ ސަފީރު ބައްޝާރު ޖާފަރީ ވިދާޅުވީ މި ގަރާރަކީ އދ.ގެ ޗާޓަރާ ހިލާފު އެއްޗެއް ކަމަށެވެ. އަދި މެންބަރު ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެނަލުން މަސައްކަތް ކުރާނީ އދ.ގެ ކޮމިޝަން އޮފް އިންކުއަރީއާ ގުޅިގެންނެވެ. ގާތްގަނޑަކަށް 310،00 މީހުން މަރުވި ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ގިނަ ރިޕޯޓްތަކެއް ވަނީ ކޮމިޝަނުން ވެސް ތައްޔާރުކޮށްފަ އެވެ. އަދި ސިވިލް ސޮސައިޓީ ގްރޫޕްތަކުން ވެސް ވަނީ ސީރިއާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ރިޕޯޓްތަކާއި ވީޑީއޯ ހެކި ތައްޔާރުކޮށްފަ އެވެ.
ރާއްޖެއާ މެދު ކަންބޮޑުވާތީ ނިހާން ސުވާލެއް ގައުމުތަކަށް
އދ.ގެ އެހީވެސް އިރުމަތީ ޣޫތާއަށް ވެއްދޭ ގޮތެއް ނުވި
ސީރިއާގެ ހަމަލާތައް ހުއްޓާލުމުގެ ގަރާރަށް އަމަލުކުރަން ޖެހޭ: އދ
ސީރިއާގެ ހަމަލާތައް ހުއްޓާލަން އދ. އިން ގަރާރެއް ފާސްކޮށްފި
ހަނގުރާމައިގެ ތަހުގީގު އަވަސް ކުރަން ލަންކާއަށް ގޮވާލައިފި
މަންދޫބު ނުހިމަނައި ސުލްހައިގެ ވާހަކަތައް ފަށަނީ
އދ. އަށް ވުރެ ސީރިއާ ދިފާއު ކުރުން މުހިންމު: އަސަދު
ހަލަބަށް އޮބްޒާވަރުން ފޮނުވަން ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހަނީ
ހަލަބް: ވަރުގަދަ ސިޓީ "ނަރަކަޔަކަށް"
ހަލަބަކީ ގަބުރުސްތާނަކަށް ވެދާނެ ކަމުގެ އިންޒާރު އދ. އިން ދީފި