04 މާޗް 2018
ދިމިޝްގު (މާޗް 4) - ސީރިއާގެ އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް މެދުކަނޑާ ނުލުމުގެ ސަބަބުން އދ. އިން ފޮނުވި އެހީގެ ޝިޕްމަންޓް ވެސް އެ ސިޓީ އަށް ވެއްދޭ ގޮތެއް ނުވި އެވެ.
ދިމިޝްގު (މާޗް 4) - ސީރިއާގެ އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް މެދުކަނޑާ ނުލުމުގެ ސަބަބުން އދ. އިން ފޮނުވި އެހީގެ ޝިޕްމަންޓް ވެސް އެ ސިޓީ އަށް ވެއްދޭ ގޮތެއް ނުވި އެވެ.
ސީރިއާ ސިފައިން ދޫ ނުދީ ހުރިހާ ދިމާއަކަށް ވައިގެ ހަމަލާތައް ދެމުން ގެންދަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން އިރުމަތީ ޣޫތާ ހިފުމަށެވެ. ސީރިއާ ސިފައިންނަށް އެ ސިޓީން އަދި ހިފުނީ 10 ޕަސެންޓް ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވެ އެވެ.
އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންސާނީ އެހީގެ ތަކެތި ހިފައިގެން ދިޔަ 40 ޓްރަކް އިރުމަތީ ޣޫތާ އަށް މިއަދު ވަދެވޭ ގޮތް ނުވި ކަމަށެވެ.
އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އެއަށް އަމަލުކޮށްފައެއް ނުވެ އެވެ. ސީރިއާ ސަރުކާރާ ބައިވެރިވެގެން ހަމަލާދޭ ރަޝިޔާ އިން ވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނުން ފެށިގެން ފަސް ގަޑިއިރަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ހަމަލާތަކަށް އެއްވެސް ދުލެއް ދީފައެއް ނުވެ އެވެ. ފެބްރުއަރީ 18 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި މިހާރު ވަނީ 650 އަށް ވުރެ ގިނަ އާއްމުން މަރުވެފަ އެވެ.
ރާއްޖެއާ މެދު ކަންބޮޑުވާތީ ނިހާން ސުވާލެއް ގައުމުތަކަށް
ސީރިއާގެ ހަމަލާތައް ހުއްޓާލުމުގެ ގަރާރަށް އަމަލުކުރަން ޖެހޭ: އދ
ސީރިއާގެ ހަމަލާތައް ހުއްޓާލަން އދ. އިން ގަރާރެއް ފާސްކޮށްފި
މަންދޫބު ނުހިމަނައި ސުލްހައިގެ ވާހަކަތައް ފަށަނީ
އދ. އަށް ވުރެ ސީރިއާ ދިފާއު ކުރުން މުހިންމު: އަސަދު
ސީރިއާގެ ހަނގުރާމައިގެ ޖަރީމާތައް ބަލަން ޕެނަލެއް ހަދަނީ
ހަލަބަށް އޮބްޒާވަރުން ފޮނުވަން ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހަނީ
ހަލަބް: ވަރުގަދަ ސިޓީ "ނަރަކަޔަކަށް"
ހަލަބަކީ ގަބުރުސްތާނަކަށް ވެދާނެ ކަމުގެ އިންޒާރު އދ. އިން ދީފި
ސްކޫލް ކުދިން މެރި މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި