18 ޑިސެމްބަރ 2016
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް އޮބްޒާވާރުން ފޮނުވުމާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާ ގޮތަށް ނިންމައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް އޮބްޒާވާރުން ފޮނުވުމާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާ ގޮތަށް ނިންމައިފި އެވެ.
ސީރިއާގެ ހަލަބުގެ ކުޑަ ކުދިން ހިމާޔަތް ކޮށްދިނުމަށް އެދި އައްމާމުގައި ހުންނަ އދ. ގެ އޮފީހުގެ ބޭރުގައި އަޑު އުފުލަނީ.
ފްރާންސް އިން ހުށަހަޅާފައިވާ ގަރާރުގައިވާ ގޮތުން ހަލަބުން މީހުން ނެރުމުގެ އިންތިޒާމް ކުރިއަށްދާ ގޮތް މޮނިޓާ ކުރުމުގައި އދ. ގެ އޮފިޝަލުން ހަރަކާތްތެރިވާން ޖެހެ އެވެ. ހަލަބުގެ އިރުމަތީ ހިސާބުތަކުން މީހުން ނެރެމުންދާ އިރު އާއްމުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެ މަސައްކަތް ކުރިއަށްދާ ގޮތް ރިޕޯޓް ކުރުމަށް ވެސް ގަރާރުގައި ހުށަހަޅާފައިވެ އެވެ. އަދި ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކާއި އެމްބިއުލެންސްތަކުގެ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް އެދިފައިވެ އެވެ.
ހަލަބު ސިޓީން ވެއްޓިފައިވާ އިމާރާތެއްގެ ބައިތަކުގެ މަތީގައި ހާލުގައި ޖެހިފައިވާ ކުއްޖަކު އިށީނދެލައިގެން. --ފޮޓޯ:އޭއެފްޕީ
ހަލަބުން މީހުން ނެރުމަށް އެއްބަސްވުމަކަށް އައި ނަމަވެސް ހުކުރު ދުވަހު ވަނީ އެކަން ހުއްޓުމަކަށް އައިސްފަ އެވެ. ގަދަ ފިނީގައި ނުރައްކާތެރި ހާލަތުގައި ހަލަބުގައި އެތައް ހާސް ބަޔަކު އަދިވެސް ތާށިވެފައި އެބަތިއްބެވެ. ނަމަވެސް ހަލަބުން މީހުން ނެރުމުގެ އާ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް މިހާރު އައިސްފައިވާ ކަމަށްވެ އެވެ.
ސީރިއާއާ ބެހޭ ގޮތުން ހުށަހެޅި ހަ ގަރާރެއް ރަޝިޔާ އިން ވަނީ ވީޓޯކޮށްފައި. --ފޮޓޯ:އޭޕީ
ހަލަބަށް އޮބްޒާވަރުން ފޮނުވަން ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓު ރަޝިޔާ އިން ބޮއިކޮޓް ކުރާނެ ކަމަށް ބެލެެވެ އެވެ. ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިޔާ އަކީ ސީރިއާގެ ބައިވެރިއެކެވެ. ސީރިއާއާ ބެހޭ ގޮތުން 2011 ގެ ފަހުން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ހަ ގަރާރެއް ރަޝިޔާ އިން ވަނީ ވީޓޯ ކޮށްފަ އެވެ.
ސީރިއާގެ ހަމަލާތައް ހުއްޓާލަން އދ. އިން ގަރާރެއް ފާސްކޮށްފި
ހަލަބަށް މޮނިޓަރުން ފޮނުވަން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ހަލަބް: ވަރުގަދަ ސިޓީ "ނަރަކަޔަކަށް"
ހަލަބުގެ ސުލްހައިގެ ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯކޮށްފި
ހަލަބަކީ ގަބުރުސްތާނަކަށް ވެދާނެ ކަމުގެ އިންޒާރު އދ. އިން ދީފި
ސީރިއާގައި ވަނީ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި
ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ގަރާރު ވީޓޯކޮށްފި
ހަނގުރާމަ ހުއްޓާލުމުގެ ގަރާރު އެމެރިކާއިން ވީޓޯކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
ދުނިޔެ މި ދަނީ ހައިޖާނަކާ ދިމާލަށް: ގުޓަރެސް