13 ނޮވެމްބަރ 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ސީޖީޓީއެން އިން އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްކުރި ގޮތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝިން ޔިޗިން އަންނަ ބުދަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާނެ އެވެ.
ހާއްސަ މަންދޫބުގެ މި ދަތުރުގައި އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވާ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަންނަވާނެ ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ހާއްސަ މަންދޫބު ރާއްޖެ އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރު ނިންމާލުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ސްރީ ލަންކާ އަށް ވެސް ވަޑައިގަންނަވާނެ ކަމަށާއި ލަންކާގައި ވެސް ހަތަރު ދުވަހު އޭނާ މަޑުކުރައްވާނެ ކަމަށެވެ.
މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ކުރީގެ ރައީސް ޔާމީން އަބްދުﷲގެ ވެރިކަމުގައި ރާއްޖެއިން ޗައިނާއާ އެކު ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ. ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ހުޅުލެ ގުޅުވާލަން ހެދި ސިނަމާލެ ބްރިޖަކީ އެ ގުޅުމުގެ ރަމްޒެކެވެ.
ޔާމީންގެ ވެރިކަމުގައި ޗައިނާގެ ރައީސް، ޝީ ޖިންޕިން ވެސް ރާއްޖެ އަށް ވަޑައިގެންނެވި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ކުރިން ބުނި ގޮތުގައި، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މި ސަރަހައްދުގެ ހުރިހާ ގައުމަކާއި ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ އެހެން ހުރިހާ ގައުމުތަކެއްގެ ވެރިންނަށް ވެސް ވަނީ ދައުވަތު ފޮނުވައިފަ އެވެ.
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން
ރާއްޖޭގެ 11 ޕްރޮޖެކްޓަކަށް ޗައިނާގެ އެހީ ހޯދަނީ
ޗައިނާގެ ބެލްޓު އެންޑް ރޯޑަށް މުއިއްޒުގެ ތައުރީފު
ޗައިނާގެ ސަފީރު، އިންތިހާބީ ރައީސް މުއިއްޒުގެ އަރިހަށް
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔައިފި
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖު ހުޅުވުމުގެ މަޝްވަރާ އަށް މިނިސްޓަރު ޗައިނާ އަށް
ބްރިޖުގެ މައިގަނޑު މަސައްކަތްތައް ޖުލައި މަހު ނިމޭނެ
ޗައިނާ އިން އެޅި 1500 ފްލެޓު ސަރުކާރާ ހަވާލުކޮށްފި