07 ނޮވެމްބަރ 2023
އެކަނިވެރިި މައިންނަށް އިނާޔަތް ދިނުމުގެ އުސޫލާ ހިލާފަށް 93،000ރ. ދީފައިވާ މައްސަލައެއް ފެންމަތިވެ، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.
އެކަނިވެރިި މައިންނަށް އިނާޔަތް ދިނުމުގެ އުސޫލާ ހިލާފަށް 93،000ރ. ދީފައިވާ މައްސަލައެއް ފެންމަތިވެ، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.
އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ މިދިޔަ ހަފުތާގައި ނެރުއްވި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކަނިވެރި މައިންގެ އެލަވަންސް ލިބެން ނުޖެހޭ ނުވަ މީހަކަށް 93،000ރ. ދައުލަތުން 2020 ވަނަ އަހަރު ދީފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް އެ އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދުގައި އޮތަސް ކައިވެނިކޮށްގެން ތިބި ބައެއް މީހުންނަށް އެ ފައިސާ ދީފައިވާކަން ފެމިލީ ކޯޓު މެދުވެރިކޮށް ހޯދި މައުލޫމާތުން ވަނީ ކަށަވަރުވެފަ އެވެ. އެގޮތަށް ދިމާވަނީ އެލަވަންސް ދިނުމުގެ ކުރިން ކައިވެންޏާއި ވަރީގެ މައުލޫމާތު ކޯޓުތައް މެދުވެރިކޮށް ބެލޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކޮށްފައި ނެތުމުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓުގައި އޮޑިޓަ ޖެނެރަލް އަންގަވާފައިވަނީ އެކަނިވެރި މައިންގެ އެލަވަންސް ދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށާއި ގެއްލުނު ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށެވެ. ކައިވެންޏާއި ވަރީގެ މައުލޫމާތު އެނގޭ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން އެ ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ މާލީ ގެއްލުންތަކަށް މުވައްޒަފުން ޒިންމާވާން ޖެހޭނެ އެވެ. އަދި ޒިންމާ ނެގުމަށް މުވައްޒަފުން ދެކޮޅު ހަދާ ނަމަ ކަމާބެހޭ އިދާރާތަކަށް އެ މައްސަލަ ހުށަހެޅުމަށް ވެސް އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.
ދީބާޖާއަށް ބަދަލުދިން މައްސަލާގައި ފިޔަވަޅު އަޅަންޖެހޭ
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ދިޔަމިގިލީ ކައުންސިލުން 6 ލައްކަ ރުފިޔާ ގެއްލިއްޖެ
2021 އިން ފެށިގެން ފެނަކައިގެ މާލީ ބަޔާންތައް ނުދޭ
އޮޑިޓަށް ލިޔުންތައް ނުދީ އެބަހިފަހައްޓާ:އޮޑިޓާ ޖެނެރަލް
ކައިވެނިކޮށްގެން އުޅުނު ބަޔަކަށް އެންސްޕާއިން އެލަވަންސް
އޮޑިޓް އޮފީހުން ހުށަހެޅީ 123 މިލިއަންގެ ބަޖެޓެއް
އެޗްޑީސީގެ 10 ބިލިއަނުގެ ލޯނުން 6 ބިލިއަން ހިޔާއަށް
ރާއްޖޭގެ އެކައުންޓެންޓުންގެ ފޯރަމް ފަށައިފި
އާމްދަނީ ނުލިބި ބަޖެޓަށް އެއް ބިލިއަނުން ދަރަނިވެދާނެ