Roadha Mihaaru
އެލިއާގެ ސައިކަލްތައް ދައްކާލުމަށް ހުޅުމާލޭގައި ހަރަކާތެއް

އެލިއާ އިން ވިއްކާ ސައިކަލްތަކުގެ ހާއްސަ ޕްރޮމޯޝަން ހަރަކާތެއް ހުޅުމާލޭގައި

04 ނޮވެމްބަރ 2023

ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓަރު އެލިއާ އިން ތަފާތު ގިނަ މޮޑެލްތަކުގެ ސައިކަލުތަކަކާ އެކު، ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ހާއްސަ ހަރަކާތެއް އިއްޔެ ބާއްވައިފި އެވެ. އޭގެ އިތުރު ހަރަކާތެއް މިއަދު ހަވީރު ވެސް ހަމަ އެ ސަރަހައްދުގައި ބާއްވަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެ ހަރަކާތް އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓަރު އެލިއާ އިން ތަފާތު ގިނަ މޮޑެލްތަކުގެ ސައިކަލުތަކަކާ އެކު، ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ހާއްސަ ހަރަކާތެއް އިއްޔެ ބާއްވައިފި އެވެ. އޭގެ އިތުރު ހަރަކާތެއް މިއަދު ހަވީރު ވެސް ހަމަ އެ ސަރަހައްދުގައި ބާއްވަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެ ހަރަކާތް އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

އޭގެ ބޭނުމަކީ އެންމެ ފަހުގެ ޔަމަހާ ސައިކަލުތައް ގާތުން ތަޖުރިބާ ކުރުމަށާއި ފަހުގެ ޓެކްނޮލޮޖީއާ އެކު، އުފައްދާފައިވާ ސައިކަލުތައް ދައްކައިލުން ކަމަށް އެލިއާ އިން ބުންޏެވެ.

އިއްޔެގެ ހަރަކާތައް ދިޔަ މީހުންގެ ތެރެއިން އެއްފަހަރާ ފައިސާ ދައްކަން ބޭނުންވި މީހުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ދިނެވެ. އަދި އިންސްޓޯލްމަންޓަށް ސައިކަލް ގަންނަން ބޭނުންވި މީހުންނަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވަރަށް ބޮޑަށް ކުޑަކޮށްދިން ކަމަށް ވެސް އެލިއާ އިން ބުންޏެވެ.

އެލިއާ އިން ވިއްކާ ސައިކަލްގެ ޕްރޮމޯޝަން އިއްޔެ ބޭއްވީ ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާ ވެސް އެކުގަ އެވެ. އަދި ޔަމަހާގެ ސައިކަލުތަކަށް ބޭނުންވާ ބައެއް ސާވިސް ވަގުތުން ކޮށްދިނެވެ. ޔަމަހާ ސައިކަލް ތަޖުރިބާ ކުރަން ބޭނުންވާ މީހުން ޓެސްޓަށް ދުއްވާލުމުގެ ފުރުސަތާއި ހިލޭ ސައިކަލުގެ އަޑީތެޔޮ ބަދަލުކުރުމާއި ސައިކަލު ޑައިގްނޯސް ކުރުމުގެ ހިދުމަތް ވެސް އިއްޔެ ދިނެވެ.

އެލިއާއިން ހުޅުމާލޭގައި ބޭއްވި ހަރަކާތް އޮތީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި -- ފޮޓޯ: މިހާރު

އެލިއާއިން ހުޅުމާލޭގައި ބޭއްވި ހަރަކާތް އޮތީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި -- ފޮޓޯ: މިހާރު

އެލިއާގެ ސައިކަލް އިންސްޓޯލްމަންޓް ސްކީމް ކުރިއަށް ގެންދަނީ އިސްލާމީ ޝަރީއާގެ ކޮންސެޕްޓެއް ކަމަށްވާ ބައިއުއްތަގްސީތުގެ ދަށުންނެވެ. އެ ސްކީމުގެ ދަށުން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލް ނަގާ މީހުންނަށް ސައިކަލް ލިބޭނީ އެ މީހެއްގެ އަމިއްލަ ނަންމަތީގައި ރަޖިސްޓަރީކޮށް، ޕްރައިވެޓް ބޯޑުގަ އެވެ.

އެލިއާ އިން ވިއްކާ ކޮންމެ ސައިކަލަކީ ވެސް ސައިކަލުގެ އަގުގެ ފުރަތަމަ ބައި ދެއްކުމުން ކަސްޓަމަރުގެ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކުރެވޭ ސައިކަލެއް ކަމަށް އެ ފިހާރައިން ބުންޏެވެ. އިންސްޓޯލްމަންޓުގެ މުއްދަތު ބޭނުން މުއްދަތަކަށް ބަހައިލުމުގެ ފުރުސަތު ކަސްޓަމަރަށް ލިބޭނެ އެވެ.