Roadha Mihaaru
ޔަމަހާ ޓެކްނިކަލް ޓްރެއިނިން ކާމިޔާބުކަމާއެކު ނިންމައިފި

ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީންގެ ޓެކްނިކަލް ޓްރެއިނިން ކާމިޔާބުކަމާ އެކު ނިންމާލައިފި

08 އޮކްޓޯބަރ 2023

ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނު ސާވިސްކުރުމާ ގުޅޭ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނު ސާވިސްކުރުމާ ގުޅޭ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މި ދިޔަ މަހުގެ 12 އިން 25 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގައި އެކި ކުންފުނިތަކާއި އިދާރާތަކުން 25 ބައިވެރިއަކު ޕްރޮގުރާމް ފުރިހަމަކުރި އެވެ.

މި ޕްރޮގުރާމުގެ ބައިވެރިން ބުނި ގޮތުގައި މިއީ ގިނަ ކަންތައްތަކެއް ދަސްވި ފުރިހަމަ ޕްރޮގުރާމެކެވެ.

"ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ މައުލޫމާތުތަކެއް ލިބުނު ޓްރެއިނިންއެއް މިއީ. މި ޓްރެއިނިންގައި ވަރަށް ޕްރޮފެޝަނަލްކޮށް ހުރިހާ ކަމެއް ކުރިއަށް ދިޔައީ. މީގެ ކުރިން ބޭރުން ހޯދި ޓްރެއިނިންތައްހާ ފުރިހަމައަށް ދިޔައީ." ޕްރޮގްރާމްގެ ބައިވެރިއަކު ބުންޏެވެ.

އެލިއާއިން ޖަޕާނުގެ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ބޭއްވި ޕްރޮގުރާމަކީ މެކޭނިކުންގެ ތަޖުރިބާ އިތުރުކޮށް ޔަމަހާގެ ކޮންމެ ޕްރޮޑަކްޓަކަށް ވެސް ބޭނުންވާ ސާވިސްކުރުމުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ފޯރުކޮށްދޭނެ ބަޔަކު ތަމްރީނުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަކީ ޔަމަހާ ޓެކްނިކަލް އެކެޑަމީން ޖަޕާނުގައި އާއްމުކޮށް ޔަމަހާގެ ޑިސްޓްރިބިއުޓަރުންނަށް ދޭ ފަދަ ޔަމަހާ ބޮރޯންޒް ލެވެލްގެ ޓްރެއިނިންއެކެވެ.

މި ޕްރޮގުރާމްގައި ތަމްރީނު ދިނީ ޔަމަހާގެ އިރުޝާދާ އެކު އެތައް އަހަރެއްގެ ތަޖުރިބާ ހުރި، ޔަމަހާ ސެޓިފައިޑް އެލިއާ ސީނިއާ މެކޭނިކުންނެވެ.

ޔަމަހާ އާއި ރާއްޖޭގައި ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރި އެލިއާގެ ގުޅުމަށް އަންނަ އަހަރު 50 އަހަރު ފުރޭއިރު އެ ކުންފުނިން މި ފަދަ ޓްރެއިނިން ގިނަ ޕްރޮގުރާމުތަކެއް ވަނީ ހިންގައިފަ އެވެ.