02 ނޮވެމްބަރ 2023
މެންޗެސްޓާ (ނޮވެމްބަރު 2) - އިނގިރޭސި ލީގު ކަޕުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ގޯހުން ގޯހަށް ހިނގައްޖެ އެވެ.
މެންޗެސްޓާ (ނޮވެމްބަރު 2) - އިނގިރޭސި ލީގު ކަޕުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ގޯހުން ގޯހަށް ހިނގައްޖެ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ނިއުކާސަލުން ކާމިޔާބު ކުރީ 3-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މިގޭޅް އަލްމިރޯން އާއި ލުވިސް ހޯލް އަދި ޖޯ ވިލޮކް އެވެ.
ޓެންހަގް ވެސް ވަނީ ޔުނައިޓެޑްގެ ކުޅުން ގޯސް ކަމަށް އެއްބަސްވެފަ އެވެ. އޭނާ ބުނީ މި ވަގުތު ޓީމުގެ ހާލަތު އޮތީ ނުބައި ފައްތަރެއްގައި ކަމަށެވެ.
"އެއީ މެންޗެސްޓާ ޔުނައިޓެޑުން އެންމެން އުންމީދުކުރާ މިންގަނޑަށް ވުރެ ދަށުގައި ކުޅުމަކީ ރަނގަޅު ކަމެއް ނޫން. އަހަރެމެން ޖެހޭނީ އެކަން ރަނގަޅު ކުރަން. އަހަރެން އެކަމުގެ ޒިންމާ ނަގަން. މިއީ އަހަރެންގެ ޓީމެއް އަދި އެ ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކޭ. އަހަރެން ޖެހޭނީ އަހަރެންގެ ޓީމާ ހިއްސާކުރަން. އެކަމަކު ޒިންމާވާނީ އަހަރެން،" މެޗަށް ފަހު ޓެންހަގް ބުންޏެވެ.
އަޔެކްސްއާ އެކު ތިން ފަހަރަށް ލީގު ހޯދި ޓެން ހަގަށް، ރޭގެ މެޗުގައި ނިއުކާސަލްގެ ސަޕޯޓަރުން ވަނީ މަލާމާތްކޮށްފަ އެވެ. އަދި ހެނދުނު އިރުއަރާއިރު އޭނާ މަގާމުން ވަކިކުރާނެ ކަމަށް ސަޕޯޓަރުން ދަނޑުގައި ތިބެގެން ގޮވި އެވެ. އެކަމަކު ޓެން ހަގަށް ވަޒީފާ ގެއްލޭނެ ކަމުގެ އެއް ވެސް ބިރެއް ނެތެވެ.
"އަހަންނަކީ ފައިޓާއެއް. އަހަންނަށް އެނގޭ ނަތީޖާ ރަނގަޅު ނުވެގެންދާ އިރު ސުވާލު އުފެދޭނެކަން. އެކަމަކު އަހަންނަށް އެކަން ރަނގަޅު ކުރެވޭނެ،" މެޗަށް ފަހު ޓެން ހަގް ބުންޏެވެ.
"އަހަރެން މަސައްކަތް ކުރި ހުރިހާ ކްލަބުތަކެއްގައި އަހަރެން ހުންނާނީ ރަނގަޅަށް ކޮށްފައި. އަދި ހަމައެހެންމެ މިދިޔަ އަހަރު މި ކްލަބްގައި ވެސް އަހަރެން އެކަން ކުރިން. އެކަމަކު މިވަގުތު އަހަރެމެން މިތިބީ ނުބައި ފައްތަރެއްގައި."
މިދިޔަ އާދިއްތަ ދުވަހު ވެސް އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން 3-0 އިން ބަލިވެ އަދި ރޭ ވެސް ހަމަ އެ ދަނޑުގައި 3-0 ން ބަލިވުމުން ޔުނައިޓެޑް މިހާރު 61 އަހަރުފަހުން އޯލްޑް ޓްރަފޯޑްގައި ވިދިވިދގެން ކުޅުނު މެޗުތަކުން ތިން ގޯލުން ނުވަތަ އެއަށް ވުރެ ގިނަ ގޯލުން ބަލިވެފަ އެވެ. އަދި މި ސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމަކީ، 1930 ގެ ފަހުން އެ އެކަން ތަކުރާރުވި ފުރަތަމަ ފަހަރެވެ.
ފިނީގައި ޔުނައިޓެޑަށް ނިއުކާސަލް މައިތިރި ނުކުރެވުނު
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
ނިއުކާސަލުން ސިޓީ ލީގު ކަޕުން ބޭރުކޮށްލައިފި
ފަސް ސީޒަނަށް ފަހު ޔުނައިޓެޑަށް ފުރަތަމަ ތަށި
ޔުނައިޓެޑާއި ނިއުކާސަލް ލީގު ކަޕުގެ ސެމީ ފައިނަލަށް
ލިންގާޑުގެ ޓްރާންސްފާ ޔުނައިޓެޑުގެ ބޯޑުން ހުއްޓުވައިފި
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމްގެ ނިންމުން؛ 16 އަހަރުގެ ޑިފެންޑަރު ޓީމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ