01 ފެބުރުއަރީ 2022
މެންޗެސްޓާ (ފެބްރުއަރީ 1) - މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޖެސީ ލިންގާޑް ކްލަބް ދޫކޮށްލުމުގެ ހުއްދަ ކޯޗު ރާފް ރަންގްނިކް ދިން ނަމަވެސް، ބޯޑުން އެކަން ހުއްޓުވައިފި އެވެ.
މެންޗެސްޓާ (ފެބްރުއަރީ 1) - މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޖެސީ ލިންގާޑް ކްލަބް ދޫކޮށްލުމުގެ ހުއްދަ ކޯޗު ރާފް ރަންގްނިކް ދިން ނަމަވެސް، ބޯޑުން އެކަން ހުއްޓުވައިފި އެވެ.
ޔުނައިޓެޑްގައި މިހާރު ފުރަތަމަ 11 އިން ޖާގަ ހޯދުމުގައި ލިންގާޑަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ރަންގްނިކްގެ ޕްލޭންގައި ލިންގާޑް ނުހިމެނޭތީ އޭނާ ކްލަބް ދޫކޮށްލުމާ މެދު ރަންގްނިކްގެ އެއްވެސް އިއުތިރާޒެއް ނެތެވެ.
އިނގިރޭސި މީޑިއާތަކުން ބުނެފައި ވަނީ ލިންގާޑް ގެންދަން ނިއު ކާސަލް އިން މަސައްކަތް ކުރި ކަމަށެވެ. އިއްޔެ ނިމުނު ޖެނުއަރީ ޓްރާންސްފާގެ އެންމެ ފަހު ވަގުތުގައި ލިންގާޑް ނިއު ކާސަލް އަށް ބަދަލުވާނެ ކަމަށް އިނގިރޭސި މީޑީއާތަކުން ވެސް ލަފާކުރި އެވެ.
އީއެސްޕީން އިން ބުނީ ޔުނައިޓެޑުގެ ބޯޑުން ލިންގާޑުގެ ޓްރާންސްފާ ހުއްޓުވީ، ނިއު ކާސަލްގެ ހުށަހެޅުމަށް އެއްބަސް ނުވެވިގެން ކަމަށެވެ. ލޯން އެއްބަސްވުމުގެ ދަށުން ލިންގާޑް ގެންދިޔަ ނަމަވެސް ޔުނައިޓެޑުން ބޭނުންވީ މަދުވެގެން 12 މިލިއަން ޕައުންޑް ނިއުކާސަލް އިން ދިނުމަށެވެ.
ލޯން އުސޫލުން ލިންގާޑް ދޫކޮށްލަށް ރަންގްނިކް އެއްބަސްވީ އިނގިރޭސި ގައުމީ ޓީމުން ޖާގަ ލިބޭނީ އޭނާ ދާއިމީކޮށް ކުޅޭނެ ފުރުސަތު ލިބިގެން ކަމަށްވާތީ އެވެ. އެހެން ކްލަބަކަށް ބަދަލުވެއްޖެ ނަމަ ލިންގާޑަށް އެ ފުރުސަތު ހޯދަން ފަސޭހަ ވާނެ ކަމަށް ރަންގްނިކް ގަބޫލުކުރެ އެވެ.
ޔުނައިޓެޑްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުން ކުރާ ޑޮނީ ވެން ޑެ ބީކް އެވަޓަން އަށް ވަނީ ލޯން އުސޫލުން ދޫކޮށްފަ އެވެ. އެވަޓަންގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އެ ޓީމުން ވަނީ ވެން ޑެ ބީކްގެ އިތުރުން ޓޮޓެންހަމްގެ ޑެލީ އަލީ ވެސް ގެންގޮސްފަ އެވެ. އަލީ އެވަޓަން އަށް ބަދަލުވީ ދާއިމީ ކޮންޓްރެކްޓެއްގަ އެވެ.
ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރެފި
ޔުނައިޓެޑުން ހޯދާނީ އަންނަ ޖީލުގެ އެމްބާޕޭ: ރެޓްކްލިފް
ފިނީގައި ޔުނައިޓެޑަށް ނިއުކާސަލް މައިތިރި ނުކުރެވުނު
ލީގު ކަޕުން ޔުނައިޓެޑް ކަޓައި ހާލަތު ގޯހުން ގޯހަށް
200 މިލިއަނުންވެސް ޓެންހަގް ހިތެއް ނުފުރުނު
100 މިލިއަނުގެ މެގުއާ 38 މިލިއަނަށް ވިއްކާލަނީ
ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި، ބަދަލުގައި އޮނާނާ ގެންނަނީ
ޔުނައިޓެޑުން ވެހޯސްޓްގެ ޑީލް ކާމިޔާބު ކޮށްފި
ފޯވާޑެއް ހޯދަން ފައިސާ ބޭކާރު ނުކުރާނަން: ޓެން ހަގް
ޔުނައިޓެޑްގެ ޓްރާންސްފާގެ ރެކޯޑް ޓެން ހާގް މުގުރާލައިފި