01 ނޮވެމްބަރ 2023
ސުޕަސްޓާރު، ސަލްމާން ހާނަށް ބޮޑުބޭބެ ކިޔާ އަލީޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ފަރޭ"ގެ ޕޯސްޓަރެއް އިއްޔެ އާންމުކޮށްފި އެވެ.
ސުޕަސްޓާރު، ސަލްމާން ހާނަށް ބޮޑުބޭބެ ކިޔާ އަލީޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ފަރޭ"ގެ ޕޯސްޓަރެއް އިއްޔެ އާންމުކޮށްފި އެވެ.
އެ ޕޯސްޓަރު ސޯޝަލް މީޑިއާގައި އާންމުކުރީ ސަލްމާނެވެ. އެއީ ސަލްމާން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ ޕޯސްޓަރު އާންމުކޮށް ސަލްމާން ބުނީ މިއަދު ޓްރެއިލާ ނެރޭނެ ކަމަށެވެ. އަދި މި މަހު 24 ގައި މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އަލީޒޭގެ އިތުރު މި ފިލްމުގެ ކާސްޓުގައި ދެން ވެސް ހިމެނެނީ ބޮލީވުޑަށް ތައާރަފުވާ އާ އެކްޓަރުންނެވެ.
"ފަރޭ"ގެ ޑައިރެކްޓަރަކީ ނެޓްފްލިކްސްގެ ސީރީޒް "ޖަމްތާރާ" ޑައިރެކްޓުކުރި ސޮމެންދުރަ ޕަދީ އެވެ.
މި ފިލްމުގެ ދައްކާނީ ހައި ސްކޫލްގައި އުޅޭ ކުދިންތަކެއް އިމްތިހާނުން މަތީ މާސްކް ހޯދަން މަކަރު ހަދަން ކުރާ ކަންތައްތަކެކެވެ. އަދި އެ ކުދިން މަކަރު ހެދިކަން ފާޅާ އެރުމުން ދެން ހިނގާ ކަންތައްތައް ވެސް ދައްކާނެ އެވެ.
އަލީޒޭ، 23، އަކީ ސަލްމާން ކޮއްކޮ އަލްވީރާ ހާން އަގްނިހޯތުރީ އާއި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީގެ ހަގު ދަރިފުޅެވެ.
ސަލްމާންގެ އާ ފިލްމަށް ރަޝްމިކާ
25 އަހަރަށް ފަހު ކަރަންގެ ފިލްމެއް ސަލްމާނަށް
އަހަންނަށް ސުޕަސްޓާރު ކިޔުން ހައްގެއް ނޫން: ސަލްމާން
ސީކްއެލްތަކަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން:ކަބީރް
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ހަސީން ދިލްރުބާ"ގެ ދެވަނަ ބައި އަންނަ މަހު