ކަރަން ޖޯހަރާއި ސަލްމާން ހާން ގުޅިގެން ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
ކަރަން ޖޯހަރާއި ސަލްމާން ހާން ގުޅިގެން ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "ބުލް" އެވެ. ކަރަން އާއި ސަލްމާން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ރޯލު ވެސް ކުޅޭނީ ސަލްމާން އެވެ.
ކަރަން ޕްރޮޑިއުސްކުރި ފިލްމެއްގައި ސަލްމާން މަސައްކަތް ކުރީ އެންމެ ފަހަރަކު އެވެ. އެއީ މީގެ 25 އަހަރު ކުރިން 1998 ގައި ގެނެސްދިން "ކުޗް ކުޗް ހޯތާ ހޭ"ގަ އެވެ. އެ ފިލްމުގައި ވެސް ސަލްމާން ކުޅުނީ ހާއްސަ ރޯލެކެވެ.
"ބުލް"ގައި ސަލްމާން ކުޅޭނީ ހަތިޔާރު އެޅި ޖަމާއަތެއްގެ މީހެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ ދެކުނު އިންޑިއާ ސިނަމާގެ ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށްފައިވާ ވިޝްނޫވަރުދަން އެވެ.
ފިލްމުގެ މަސައްކަތްތައް އަންނަ ފެބްރުއަރީ މަހު ފަށައި 2025 ވަނަ އަހަރުގެ އީދުގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
ސަލްމާންގެ "ސިކަންދަރު"ގެ ފުރަތަމަ ފެނިލުން
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
ސަލްމާންގެ "ކިކް 2" އިއުލާންކޮށްފި
އަރްޔަން ބޮލީވުޑަށް ތައާރަފުކުރަން ހުށަހެޅުންތައް
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
ސަލްމާންގެ އާ ފިލްމަށް ރަޝްމިކާ
ކަރަންގެ އާ ފިލްމުގެ އިޝާރާތެއް ދީފި
އަހަންނަށް ސުޕަސްޓާރު ކިޔުން ހައްގެއް ނޫން: ސަލްމާން