ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޕްރޮޑިއުސަރު އަދި ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް)ގެ ވެރިޔާ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒް އަންނަ މަހު 18 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޕްރޮޑިއުސަރު އަދި ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް)ގެ ވެރިޔާ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒް އަންނަ މަހު 18 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
"ދަ ރެއިލްވޭ މެން" ކިޔާ މި ސީރީޒްގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ ނެރެފަ އެވެ.
ހުނަރުވެރި ގިނަ އެކްޓަރުންތަކަކާ އެކު ގެނެސްދޭ މި ސީރީޒަކީ 1984 ވަނަ އަހަރު އިންޑިއާގެ ބޯޕާލްގައި ގޭސް ލީކުވެ، ހިނގި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ބިނާކޮށްފައިވާ ހަތަރު އެޕިސޯޑުގެ ލިމިޑެޓް ސީރީޒެކެވެ.
މި ސީރީޒްގެ ލީޑު ރޯލުތަކުން ފެންނާނީ އާރް މަދަވަން، ކޭކޭ މެނަން، ދިވްޔެންޑޫ ޝަރުމާ އަދި ކުރީގެ އެކްޓަރު އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން އެވެ.
"ދަ ރެއިލްވޭ މެން"ގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިވް ރަވައިލް އެވެ.
ވައިއާރުއެފް އިން ވަނީ ނެޓްފްލިކްސްއާ ގުޅިގެން ގިނަ ކޮންޓެންޓުތަކެއް ގެނެސްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު ޕާޓްނާޝިޕް އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެނެސްދޭ ފުރަތަމަ މަސައްކަތަކީ "ދަ ރެއިލްވޭ މެން" އެވެ.
ދެވަނަ އަށް ގެނެސްދޭ ނިންމާފައި ވަނީ ފިލްމެކެވެ. އެއީ އާމިރު ހާންގެ ދަރިފުޅު، ޖުނައިދު ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "މަހަރާޖް" އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އޭސީޕީ ޕްރަދިއުމަންގެ ބަދަލުގައި ސީއައިޑީއަށް ޕާތު
ސީއައިޑީގައި އޭސީޕީ ޕްރަދިއުމަން މަރުވެއްޖެ
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
"ވީރް ޒާރާ" އަނެއްކާވެސް ސިނަމާ އަށް
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
ބަރުންގެ "ކޯރާ"ގެ ދެވަނަ ސީޒަންގައި މޯނާ
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"