26 އޮކްޓޯބަރ 2023
ސަޕްލިމެންޓްރީ ބަޖެޓަށް އިތުރު ކުރާ 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ޑެފިސިޓް 15 ބިލިއަނަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުން ދައްކައިފި އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް އިތުރު ކުރާ 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ޑެފިސިޓް 15 ބިލިއަނަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ސަޕްލިމެންޓްރީ ބަޖެޓު ރިޕޯޓުގައި ވާގޮތުން މިއަހަރުގެ ޑެފިސިޓް ހުންނާނީ ޖީޑީޕީގެ ނިސްބަތުން 14 ޕަސެންޓުގަ އެވެ. ކުރިން ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 8.3 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ޑެފިސިޓް ހުރީ 11 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 12 ޕަސެންޓެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ދައުލަތުގެ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓުގައި ހިފެހެއްޓުމަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއަހަރު ނިމޭ އިރު ދައުލަތުގެ ހަރަދު 47 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ. އަދި ދައުލަތުގެ އާމްދަނީ 32 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.
ބަޖެޓަށް އިތުރުކުރަ ފައިސާ ހޯދަން ކަނޑައަޅާފައިވަނީ، ބަޖެޓު ސަޕޯޓު ލޯނުގެ ތިން ބިލިއަން ރުފިޔާ އާއި ޓީބިލުން 1.9 ބިލިއަން ރުފިޔާ އާއި ބޭރުން ހޯދި ލޯނުން އެއް ބިލިއަން ރުފިޔާ އެވެ.
ޑެފިސިޓަށް އިތުރު، 6.5 ބިލިއަން ރުފިޔާ އިތުރުވި ދައުލަތުގެ ދަރަންޏަށް ވެސް ވަނީ ކުރިން ލަފާ ކުރި އަދަދަށް ވުރެ އިތުރަށް ހަ ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 120 ބިލިއަން ރުފިޔާގަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ ކުރިންވެސް ފޮނުވާ ގޮތަށް
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް
ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާއަށް!
42 ބިލިއަންގެ ބަޖެޓެއް، ޑެފިސިޓް ވަރަށް ބޮޑުވެދާނެ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު