31 އޮކްޓޯބަރ 2022
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮޮތުގައި 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮޮތުގައި 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.
ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 170 މިލިއަން ރުފިިޔާ މަދު އަދަދެކެވެ. މި އަހަރު ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް 42.8 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
- ޖުމްލަ: 42.6 ބިލިއަން ރުފިޔާ
- އާމްދަނީ 32 ބިލިއަން ރުފިޔާ
- ހަރަދު: 40.5 ބިލިއަން ރުފިޔާ
- ޑެފިސިޓް: 14.4 ބިލިއަން ރުފިޔާ
- ދައުލަތުގެ ދަރަނި: 113 ބިލިއަން ރުފިޔާ
އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ޖަހާފައިވާ އަދަދަށް ދައުލަތުގެ އާމްދަނީ ލިބިއްޖެ ނަމަ ބަޖެޓް ޑެސިފިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 8.4 ބިލިއަން ރުފިޔާގަ އެވެ. އެހެން ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް، ޖީއެސްޓީ ބޮޑު ނުކޮށްފި ނަމަ ނުވަތަ ލަފާ ކުރި ޓެކްސް އާމްދަނީ ނުލިބިއްޖެ ނަމަ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 14 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ބަޖެޓް ފޮތުގައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރި ބަޖެޓުގެ ހަރަދުތައް ބަހާލައިފައި ވަނީ މައިގަނޑު ހަ ބަޔަށެވެ. އެއީ ސިއްހީ ދާއިރާ އަށް ފަސް ބިލިއަން ރުފިޔާ އާއި އިޖްތިމާއީ ރައްކާތެރި ކަމަށް 3.9 ބިލިއަން ރުފިޔާ އާއި ތައުލީމީ ދާއިރާ އަށް 4.6 ބިލިއަން ރުފިޔާ އާއި ގެދޮރު އިމާރާތް ކުރުމަށް 2.8 ބިލިއަން ރުފިޔާ އާއި ތިމާވެށި ރައްކާތެރިކުރުމަށް ދެ ބިލިއަން ރުފިޔާ އާއި ސިނާއީ ކުރިއެރުމަށް 10.4 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރުމަށް 5.2 ބިލިއަން ރުފިޔާ އާއި އާންމު ހިދުމަތްތަކާއި ދަރަނި އަދާ ކުރުމަށް 8.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ލިބޭ އާމްދަނީއާ އަޅާ ބަލާއިރު، އަންނަ އަހަރު ބަޖެޓް ހިންގުމަށް 11.3 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހޯދަން ޖެހެ އެވެ. އެއީ ޑެފިސިޓަށް ބޭނުންވާ 8.9 ބިލިއަން ރުފިޔާ އާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 1.1 ބިލިއަން ރުފިޔާ އާއި އެސްޑީއެފް ފަންޑަށް ބޭނުންވާ 4،8 ބިލިއަން ރުފިޔާ އެވެ. އެ ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ ބޭރުގެ ބާޒާރަށް ގްރީން ނުވަތަ ބްލޫ ބޮންޑެއް ވިއްކައިގެންނާއި ރާއްޖޭގެ ބާޒާރަށް ޓީބިލާއި ބޮންޑު ވިއްކައިގެންނެވެ.
- ޖީޑީޕީ 104 ބިލިއަން ރުފިޔާ އަށް އެރުވުން
- 1.8 މިލިއަން ޓޫރިސްޓުން ގެނައުން
- 606 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރުން
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވާނީ ހާސިލް ކުރެވޭނެ ކަންކަމަށް ބަލައިގެން ކަމަށެވެ. އަދި އަންނަ އަހަރަކީ، މި ސަރުކާރުގެ މި ދައުރުގެ އެންމެ ފަހު އަހަރު ކަމަށް ވާތީ، ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ވައުދުފުޅު ފުއްދުމަށް ބަޖެޓް އަމާޒުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓް ފައިނޭންސްގެ 38 ޕަސެންޓް ހޯދައިފިން: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
މި އަހަރުގެ ޑެފިސިޓް 12 ބިލިއަނަށް އަރާނެ: އަމީރު
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
ފުރަތަމަ ހަފްތާ:ހަރަދު 520 މިލިއަން ރުފިޔާ
ބޭނުންވާ މީހާއަށް ސަބްސިޑީ ދިނުން އަވަސްކުރަން ޖެހޭ
ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި: އަމީރު
ބިން ވިއްކައިގެން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބޭ
ސަޕްލިމެންޓްރީ ބަޖެޓް ލަސްވުން، ހަރަދުތަކަށް ދަތިތަކެއް
ދައުލަތުން ބަދަލު ދިން އަދަދު 374 މިލިއަނަށް