Roadha Mihaaru
ރައީސްގެ ދަތުރު ހަރަދުގެ މައްސަލަ ސުޕްރީމްކޯޓުން ބަލަނީ

ރައީސްގެ ދަތުރުފުޅުގެ ހަރަދު ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި

23 އޮކްޓޯބަރ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކާއި ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވުމުން ދައުލަތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެ ނިންމުން އިސްތިއުނާފްކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މިދިޔަ ހަފުތާގައި ނިންމި ނިންމުމުގައިވަނީ ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ރިސިޓްތައް ފަދަ މައުލޫމާތު ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އެރުމުގެ އިތުރުން ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ މައުލޫމާތު އުނިކުރުމަށްފަހު ވެސް ތަފްސީލުތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.